ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/266/2016/18
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 17 މާރިޗު 2016 20:30
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
60 ރޯހައުސް ލިބޭ ފަރާތްތައް ކަނޑައެޅުމާބެހޭ

އިޢުލާން

މުޅި ރާއްޖެއަށް ހުޅުވާލެވުނު 60 ރޯހައުސް ލިބޭ ފަރާތްތައް ކަނޑައެޅުމާބެހޭ

ކުޅުދުއްފުށީގައި އިމާރާތްކުރާ 160 ރޯހައުސްގެ ތެރެއިން މުޅި ރާއްޖެއަށް ޚާއްޞަކުރެވުނު 60 ރޯހައުސްއަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ 157 ފަރާތުގެ ތެރެއިން ތިރީގައިވާ ގޮތުގެމަތިން ރޯހައުސް ލިބޭ ފަރާތްތައް ކަނޑައެޅިފައިވާ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

ގުރުއަތަކާ ނުލައި ރޯހައުސް ލިބޭ ފަރާތްތައް

ރޯހައުސްއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ 157 ފަރާތުގެ ތެރެއިން 30 ޕޮއިންޓުން މަތި ލިބިފައިވާ 49 ފަރާތަކީ ގުރުއަތަކާ ނުލައި ރޯހައުސް ލިބޭ ފަރާތްތަކެވެ. ނަމަވެސް، މިފަރާތްތަކަށްވެސް ލިބެނީ ކޮން ރޯހައުސްއެއް ކަން ކަނޑައަޅާނީ ގުރުއަތުންނެވެ.

ގުރުއަތަށް ހޮވޭ ފަރާތްތައް

ރޯހައުސްއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ 157 ފަރާތުގެ ތެރެއިން 25 ޕޮއިންޓް ލިބިފައިވާ 24 ފަރާތަކީ ބާކީވާ 11 ރޯހައުސް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތަށް ހޮވިފައިވާ ފަރާތްތަކެވެ. ދެމަފިރިންގެ ތެރެއިން ދެމީހުންނަށް ރޯހައުސް ދިމާވެއްޖެނަމަ، އެދެމަފިރިއަކަށް ލިބޭނީ އެއްރޯހައުސް އެވެ. މިހާލަތުގައި ރޯހައުސް ރަޖިސްޓަރީކުރެވޭނީ ދެމީހުންގެ ނަމުގައެވެ.

އެއްވެސް ސަބަބަކާހުރެ ކެންސަލްކުރެވޭ ނުވަތަ ދޫކޮށްލާ ފަރާތްތަކަށް ލިބިފައިވާ ރޯހައުސް ހަވާލުކުރުމަށްޓަކައި 24 ފަރާތުގެ ތެރެއިން ގުރުއަތުން 10 ފަރާތް ހޮވޭނެއެވެ. ކެންސަލްކުރެވޭ ނުވަތަ ދޫކޮށްލާ ރޯހައުސް ލިބޭ ފަރާތްތައް ކަނޑައަޅާނީ މި 10 ފަރާތަށް ގުރުއަތު ނެގޭ ތަރުތީބުންނެވެ.

ގުރުއަތުނެގުން ހަމަޖެހިފައިވާ ގޮތް

25 ޕޮއިންޓް ލިބިފައިވާ 24 ފަރާތުގެ މެދުން 11 ރޯހައުސް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ގުރުއަތުލުން އޮންނާނީ 17 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ހޯލްގައެވެ. ގުރުއަތު ނެގުން އޮންނާނީ އެފަރާތެއްގެ ގުރުއަތު އެފަރާތަކުން ނަންގަވާ އުސޫލުންނެވެ.

ވީމާ، މި އިޢުލާނާއެކު ބެހެއްޓިފައިވާ ލިސްޓުގައިވާ 11 ރޯހައުސް އަށް ގުރުއަތަށް ހޮވިފައިވާ 24 ފަރާތުން ގުރުއަތު ނެގުން ހަމަޖެހިފައިވާ ގަޑީގެ 15 މިނިޓު ކުރިން ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ހޯލަށް ވަޑައިގަތުމަށް ދަންނަވަމެވެ. ގުރުއަތު ނެންގެވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި ފޮނުވާ ފަރާތާއެކު، އެއީ ކޮންފަރާތެއްގެ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެފަދަ ސިޓީއަކާއެކު ފޮނުއްވުމުން އެފަރާތެއްގެ ގުރުއަތު ނެގުމުގެ ފުރުޞަތު ބަދަލުގައި ހާޒިރުވާ ފަރާތަކަށް އެރުވޭނެއެވެ. ފޮނުވި ފަރާތާއި ބަދަލުގައި ހާޒިރުވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑިކާޑުގެ ކޮޕީ ސިޓިއާއެކު ހުށަހަޅުއްވަންވާނެއެވެ. ހާޒިރުނުވާ ފަރާތްތަކުގެ ގުރުއަތު ނަގާނީ މިއިދާރާއިން ކަނޑައަޅާ ފަރާތަކުންނެވެ.

ގުރުއަތުން ރޯހައުސް ލިބޭފަހުންވެސް އެފަރާތަކުން ދެއްވާފައިވާ މަޢުލޫމާތަކީ ޞައްޙަ ނޫން މަޢުލޫމާތެއްކަން ނުވަތަ (އެފަރާތަކަށް ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާއަށް) ގޯތިގެދޮރު އޮތްފަރާތެއްކަން ސާބިތުވެއްޖެނަމަ އެފަރާތަކަށް ލިބިފައިވާ ރޯހައުސް އެފަރާތެއްގެ ކިބައިން ވަކިކުރެވޭނެއެވެ.

ގުރުއަތަކާ ނުލައި ރޯހައުސް ލިބޭ 49 ފަރާތާއި 11 ރޯހައުސްއަށް ގުރުއަތަށް ހޮވިފައިވާ 24 ފަރާތުގެ ލިސްޓު މިއިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ވާނެއެވެ.

05 ޖުމާދަލްއޫލާ 1437

14 ފެބުރުވަރީ 2016