ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
މަޤާމު: އެސިސްޓަންޓް ސުޕަރވައިޒަރ
ޢަސާސީ މުސާރަ ރޭންޖް: -/5500 ރ.
ސަރވިސް އެލަވަންސް: -/1000 ރ.
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން /އެމްޓީސީސީ ސޯމިލް
ޝަރުޠު:
ޖީ.ސީ.އީ އޯ ލެވެލް ނުވަތަ މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 2-3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
މަސައްކަތް ކޯޑިނޭޓް ކުރުމުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
މައިކްރޯސޮފްޓް އެކްސެލް އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން
މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަންގެ ޕްރޮޕަރޓީ ލިސްޓިންގ ގައި ހިމެނޭ ތަންތަނުގެ މެއިންޓެނަންސް މަސައްކަތް ސުޕަރވައިޒްކުރުމާއި ކޯރޑިނޭޓްކޮށް އަދި ހިގަމުންދާގޮތް ބެލުން އަދި އެންމެހާ މަސައްކަތްކުރުމުގައި އިދާރީ ގޮތުން އަދި އަމަލީ ގޮތުން ކުރަންޖެހޭ ކަންކަންކުރުނ
މަޤާމު: އެސިސްޓަންޓް މެއިންޓެނަންސް އޮފިސަރ
ޢަސާސީ މުސާރަ ރޭންޖް: -/5500 ރ.
ސަރވިސް އެލަވަންސް: -/1000 ރ.
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން /އެމްޓީސީސީ ސޯމިލް
ޝަރުޠު:
ޖީ.ސީ.އީ އޯ ލެވެލް ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 2-3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
މަސައްކަތް ކޯޑިނޭޓް ކުރުމުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :
މި ކުންފުނިން ކަނޑައަޅާ ތަންތަނުގެ މެއިންޓެނަންސް މަސައްކަތް ބެލެހެއްޓުން އަދި މިކަންކަން ކޯޑިނޭޓްކޮށް އަދި ޢަމަލީ ގޮތުންނާއި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ފެބުރުވަރީ 21 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް (އެމް.ޓީ.ސީ.ސީ ޓަވަރ – 02 ވަނަ ފަންގިފިލާ) "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ސެޓްފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މި ތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލުކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.
ފެކްސް ނަންބަރު: 3221 332
އީމެއިލް: [email protected]
ނޯޓު: ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.) މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ. އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.
02 ޖުމާދަލްއޫލާ 1437