ދިވެހިރާއްޖެ
އިޢުލާން
ކުރުމުއްދަތަށް ދޫކުރެވިފައިވާ ދަނޑުބިންތަކުގެ އެއްބަސްވުން އައުކުރުމާއި ދަޑުތައް ސާފުކުރުމާ ގުޅޭ
ދ.މީދޫ އިން ކުރުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ އެއްބަސްވުން ( އެގްރިމަންޓް) އައުކުރުމުގެ މަސައްކަތް މި ކައުންސިލުން މިދަނީ ކުރަމުންނެވެ.
މިގޮތުން، އެއްބަސްވުން އައުކުރުމަށް އެދިލައްވާފައިވާ ފަރާތްތަކުން، ދަނޑުވެރިކަން ކުރުމަށް ކައުންސިލުން ޢިއުލާންކޮށްފައިވާ އުސޫލާއި އެއްބަސްވުމުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ އެއްގޮތްވާ ގޮތުގެމަތިން، 06 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ ކުރިން ދޫކޮށްފައިވާ ދަނޑުބިން ސާފުކޮށް ނިންމެވުމަށް ދަންނަވަމެވެ.
މި އެއްބަސްވުން އައުކޮށްދެވޭނީ، ދަނޑުވެރިޔާއަށް ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ބިން މި ކައުންސިލުން ޗެކްކޮށް،
ދަނޑުގައި މަސައްކަތްކުރެވެމުންދަނީ ކައުންސިލާއެކު ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށްތޯ ބަލައި، އެއްބަސްވުމާ އެއްގޮތަށް
މަސައްކަތް ކުރެވެމުންދާނަމައެވެ. އަދި ދަނޑުބިންތައް ދޫކޮށްލުމަށް ބޭނުންވާ ފަރާތްތަކުން ވެސް ބިންތައް ސާފުކުރުމަށްފަހު ކައުންސިލާ ހަވާލުކުރުމަށް ދަންނަވަމެވެ.
ވީމާ، މި އިދާރާއިން އެދެނީ ހުރިހާ ދަނޑުވެރިންވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ކައުންސިލުން ޢިއުލާންކޮށްފައިވާ އުސޫލާއި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް ދަނޑުތައް ސާފުކުރެއްވުމުގެ މަސައްކަތް ނިންމެވުމެވެ.
ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.