ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2016/14
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 25 ފެބުރުވަރީ 2016 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ބަދަލާގުޅޭ

އިޢުލާން

ރުއްގަހުގެ ބަދަލާ ގުޅޭ

މިރަށު ޞިއްޙީމަރުކަޒުގެ ދެކުނަށް، އިރުން ހުޅަނގަށް ހެދުމަށް ހަމަޖެހިފައިވާ މަގުގައިހުރި މިކައުންސިލުން (ރަތްކުލައިގެ ދަވާދުން) 01 އިން 35 އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރި ފަރާތްތަކަށް އެ ރުއްގަހުގެ ބަދަލުދީ ނިންމަން ބޭނުންވެއެވެ.

ވީމާ، މި މަގުގައިހުރި ރުއްގަހުގެ ( މިކައުންސިލުން ޖަހާފައިވާ ނަންބަރު 01 އިން 35 އަށް ) ވެރިފަރާތްތަކުން އެ މަގުގައި ހުރި އެމީހެއްގެ ރުކުގެ އަދަދު (ވަށައިގަންނަ ވަކަރުލާ މޮޅު، ފޯދުނު މެދުމިނުގެ، ފޯދުނު ދެރަ، ނުފޯދޭ ބޮޑު، ނުފޯދޭ މެދުމިނުގެ އަދި ނުފޯދޭ ކުޑަ) އާއި އަދި ގަހެއްވާނަމަ އެގަހެއްގެ ބާވަތާއި ގަހުގެ ވަށަމިން އެނގޭނޭ ގޮތަށް 25 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު އެމަގުގެ ޗާޓެއް ޢާންމު ކުރީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

06 ޖުމާދަލްއޫލާ 1437

15 ފެބުރުވަރީ 2016