ކުއްޔަށް ދިނުން
ނަންބަރު: (IUL)410-P/410/2026/18
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 27 ސެޕްޓެންބަރު 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ދާންދޫގައި ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތައް ތަރައްޤީކޮށް ހިންގުމަށްޓަކައި ބީލަން އުޞޫލުން ބިން ކުއްޔަށް ދޫކުރުން

ގއ. ދާންދޫ އިން ފަތުރުވެރިކަން ތަރައްޤީކުރުމަށް ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ކަނޑައަޅާފައިވާ ސަރައްހައްދުގައި އެކަން ކުރުމަށް ކައުންސިލުން ފާސްކޮށްފައިވާ ޒޯނުގައި ޓުއަރިސްޓް ހޮޓާ، ގެސްޓް ހައުސް އަދި ފަތުރުވެރިކަމާއި ގުޅުންހުރި އެހެނިހެން ވިޔަފާރިތައް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް، ބީލަމަށް ހުޅުވާލުމަށް މިކައުންސިލުން ނިންމާފައިވާތީ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚާއި އަދި އެވަގުތުގެ ތެރޭގައި އެކަމަކަށް ކަނޑައެޅިފައިވާ ކަންތައްތައް ކުރިއަށް ގެންދިއުމަށް ދެންނެވީމެވެ. ކަނޑައެޅިފައިވާ ވަގުތުގެފަހުން އެއްވެސް ރަސްމީ މުޢާމަލާތެއް ކުރިއަށް ނުގެންދާނެއެވެ. އަދި އިދާރީ ގޮތުން ޙާލަތެއް ދިމާވެގެން މި ދެންނެވިފައިވާ އެއްވެސް ތަރީޚެއް ނުވަތަ ގަޑި ބަދަލުވާނަމަ އެކަން ރަސްމީކޮށް ކައުންސިލުގެ އިދާރާއިން އަންގާނެއެވެ.

ތަފްޞީލް

ތާރީޚް

ގަޑި (ވަގުތު)

ބީލަން ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުން

27-09-2026

13:00ކުރިން

ބީލަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން

29-09-2026

13:00

ބީލަން ހުށަހެޅުން

06-10-2026

13:00

އިތުރު މަޢުލޫމާތު:

  • ކައުންސިލުގެ އިދާރާގެ ކައުންޓަރުން "ބީލަމުގެ ރަޖިސްޓްރޭޝަން ފޯމް" ލިބެން ހުންނާނެއެވެ. އަދި ރަސްމީކޮށް (ފޯނުން ނުވަތަ މެއިލް އިން) އެދުމުން މެއިލް މެދުވެރިކޮށް ފޯމު ދޫކުރެވޭނެއެވެ.
  • ބީލަން ރަޖިސްޓްރޭޝަން ފޯމާއެކު ބީލަން ރަޖިސްޓްރޭޝަން ފީ -/10,000ރ (ދިހަހާސް ރުފިޔާ) ގއ. ދާންދޫ ކައުންސިލްގެ އިދާރާއަށް ދެއްކުމުން ނުވަތަ ބީލަން ރަޖިސްޓްރޭޝަން ފޯމުގައިވާ ބޭންކް އެކައުންޓަށް ޖަމާކުރެއްވުމުން، ކައުންސިލުގެ އިދާރާއިން އެފައިސާ ލިބުނުތޯ ކަށަވަރުވުމުން ބީލަން ރަޖިސްޓްރީ މަރުހަލާނިމި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެވޭނެއެވެ.
  • ރަޖިސްޓްރޭޝަންފީ އަކީ އަނބުރާ ރިފަންޑްކުރެވޭނެ ފައިސާއެއްނޫނެވެ.
  • ބީލަމާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި އަދި ބީލަން ހުށަހެޅުން އޮންނާނީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައިއެވެ.
  • އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ސާރުކުރެއްވުމަށް:-

ފޯން  : 6820026، 7330026

އީމެއިލް : [email protected]  

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

14 ސެޕްޓެންބަރު 2026