ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)278/278/2026/48
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 20 ސެޕްޓެންބަރު 2026 14:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރިއަށްއޮތް ރަމަޟާން މަހަށް ތައްޔާރުވުމަށް ދަނޑު ހެއްދުމަށް ބޭނުންވާ ގެރިގުއި މި ކައުންސިލް މެދުވެރިކޮށް ހޯއްދުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

ދަނޑުވެރިން ގަސް ހެއްދުމަށް ބޭނުންކުރާ ކާނާއާއި، ބެހާއި އަދި މުޑުވައްފަދަ ބާވަތްތަކުގެ އަގުތައް ދުވަހުންދުވަހަށް އުފެލެމުންދާތީ މި ކަމަށް މި ރަށުގެ ދަނޑުވެރިން އުފުލަންޖެހޭ ތަކުލީފު ކުޑަކުރުމަށް މި ކައުންސިލަށް ކޮށްދެވެން ހުރި ކަންކަން ކޮށްދިނުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ. މިގޮތުން ކުރިއަށްއޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މި ރަށުގެ ދަނޑުވެރިން ދަނޑު ހެއްދުމަށް ބޭނުންވާ ގެރިގުއި، ދަނޑުވެރިންނަށް ދޫކުރެވެންއޮތް އެންމެ ކުޑަ އަގެއްގައި ލުއި ފަސޭހަކޮށް ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް މި ކައުންސިލްގެ ފަރާތުން ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ރޭވިފައިވަނީ ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ވިއްކާ ފަރާތަކާ ގުޅިގެންނެވެ.   

އެހެންކަމުން މަތީގައި ބަޔާންކުރެވުނު ޕްރޮގްރާމްގެ ދަށުން ކުރިއަށްއޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ދަނޑު ހެއްދުމަށް ބޭނުންވާ ގެރިގުއި، މި ކައުންސިލް މެދުވެރިކޮށް ހޯދުމަށް ބޭނުންވާ ފަރާތްތަކުން ގަތުމަށް ބޭނުންވާ ގެރިގުއިގެ އަދަދު، 20 ސެޕްޓެންބަރު 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމު ފުރިހަމަކުރައްވާ ސަބްމިޓް ކުރައްވައިގެން މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.  

ގަތުމަށް ބޭނުންވާ ގެރިގުއިގެ އަދަދު ހުށަހަޅާ ފޯމު ލިންކް: https://forms.cloud.microsoft/r/eUY34Wk7BX

ވީމާ، މިކަން ޢާންމުކޮށް އިޢުލާންކުރީމެވެ. 

14 ސެޕްޓެންބަރު 2026