މުބާރާތް
ނަންބަރު: (IUL)331/331/2026/67
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 17 ސެޕްޓެންބަރު 2026 14:00
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގާފަރު ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތް" ސްޕޮންސަރ ކުރުމާއި އިނާމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                             ނަމްބަރ:331/331/2026/67(IUL)

 

 

                                   އިޢުލާން

 

"ގާފަރު ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތް" ސްޕޮންސަރ ކުރުމާއި އިނާމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

               މިކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ގާފަރު ކައުންސިލްގެ 11 ވަނަ ޤުރުޢާން މުބާރާތް" ސްޕޮންސަރ ކުރުމާއި މުބާރާތުގެ ވަނަތަކަށް އިނާމު ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް:

  • ދެގޮފި ވަކިން ކޮންމެ އުމުރުފުރާ އަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ.
  • ކޮންމެ ގޮތްޕަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ.
  • މުޅިމުބާރާތުން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ.

 

               ވީމާ، މިމުބާރާތް ސްޕޮންސަރ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި މުބާރާތުގެ ވަނަތަކަށް އިނާމު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ ނަމްބަރު 6641941 ފޯނާއި ގުޅުއްވުން އެދެމެވެ.

14 ސެޕްޓެންބަރު 2026