ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)138-AS6/1/2016/29
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 01 މާރިޗު 2016 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޑްރޯން ގަތުމާބެހޭ

އިޢުލާން

މި މިނިސްޓްރީގެ ބައެއް މަސައްކަތްތަކަށް ބޭނުންވާ ޑްރޯނެއް ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.   

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 24 ވަނަ ދުވަހުގެ މެންދުރުފަހުގެ 01:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 1 ވަނަ ދުވަހުގެ މެންދުރުފަހުގެ 01:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

09 ޖުމާދަލްއޫލާ 1437

18 ފެބުރުވަރީ 2016