|
އިޢުލާނު
|
|
މަޤާމު:
|
ޕްރޮޖްކްޓް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ސްޕެޝަލިސްޓް
|
|
މަޤާމުގެ ނަންބަރު:
|
J-464104
|
|
ބޭނުންވާ އަދަދު:
|
01
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ރޭންކް 9 - ސްޓެޕް 1
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ޕްރޮޖެކްޓް މޮނިޓަރިންގ ސެކްޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ، ކ. މާލެ
|
|
އަސާސީ މުސާރަ:
|
13،560.00 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
6،330.00 ރުފިޔާ
|
|
ހާޒިރީ އިނާޔަތް:
|
170.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)
|
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޕީ.އެސް.އައި.ޕީ (PSIP) ޕްރޮޖެކްޓްތަކުގެ، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްކަންދޭ ޕްރޮޖެކްޓްތަކާއި، ޚާއްޞަ ޕްރޮޖެކްޓްތަކާއި، ކޮންޓްރެކްޓަރުންގެ ފައިނޭންސްއާއެކު ހިންގާ ޕްރޮޖެކްޓްތަކާއި، އަދި އެހެންވެސް އިސްކަންދޭ ނުވަތަ ހައި-ރިސްކު ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިނގަމުންދާގޮތާއި، މާލީ އަދި ފިޒިކަލް ކުރިއެރުމާއި، ތާވަލުތަކާއި، މައިލްސްޓޯންތަކާއި، ދިމާވާ ގޮންޖެހުންތައް މޮނިޓަރ ކުރުން.
- ފާސްކުރެވިފައިވާ ސްކޯޕާއި، ކޮންޓްރެކްޓްގެ ޝަރުޠުތަކާއި، ތާވަލުތަކާއި އަދި އަމާޒުތަކާ އެއްގޮތަށް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްދޭތޯ ބަލައި، ލަސްވާ ސަބަބުތަކާއި، ބަޖެޓުގެ ދަތިކަމާއި، ބަދަލުތަކާއި، ކޮންޓްރެކްޓްގެ މައްސަލަތަކާއި އަދި މަސައްކަތް ކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ޕްރޮޖެކްޓްތަކާ ގުޅުންހުރި މަޢުލޫމާތު އެކަށީގެންވާ ވަގުތުގައި ހޯދުމަށާއި، ނިންމާފައިވާ ނިންމުންތަކާ އެއްގޮތަށް އަމަލުކުރެވެމުންދޭތޯ ބެލުމަށްޓަކައި، ލައިން މިނިސްޓްރީތަކާއި، ޕްރޮޖެކްޓް ހިންގާ މުވައްސަސާތަކާއި، އެސް.އޯ.އީ (SOEs) ތަކާއި، ޕްރޮޖެކްޓް ޓީމުތަކާއި، ކޮންޓްރެކްޓަރުންނާއި އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުން.
- ޢާންމު އިންވެސްޓްމަންޓްތައް މޮނިޓަރ ކުރުމުގެ މައި މަރުކަޒީ ޕްލެޓްފޯމެއްގެ ގޮތުގައި ޕީ.އައި.އެމް (PIM) ސިސްޓަމް ހިންގުމާއި، ބެލެހެއްޓުމާއި، އަދި އެ ސިސްޓަމް އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށް އެހީތެރިވުން.
- ޕްރޮޖެކްޓާއި، ކޮންޓްރެކްޓާއި، ޕްރޮކިއުމަންޓާއި، ތާވަލާއި، ފިޒިކަލް އަދި މާލީ ކުރިއެރުމާއި، ރިސްކާއި އަދި މައްސަލަތަކާ ގުޅޭ މަޢުލޫމާތު ރަނގަޅަށް އަދި ގަވާއިދުން އަޕްޑޭޓްކުރަމުންދާކަން ކަށަވަރުކުރުމަށްޓަކައި ލައިން މިނިސްޓްރީތަކާއި ޕްރޮޖެކްޓް ހިންގާ މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުން.
- ޑޭޓާގެ ފެންވަރާއި ފުރިހަމަކަން ބަލައި، މަޢުލޫމާތެއް މަދުވެފައިވާ ނުވަތަ ރަނގަޅު ނޫންނަމަ އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން، އަދި ރިޕޯޓްކުރުމުގެ އުޞޫލުތަކާއި، ޓެމްޕްލޭޓްތަކާއި، ގައިޑްތަކާއި އަދި ސިސްޓަމަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަށް އެހީތެރިވުން.
- ޕީ.އައި.އެމް (PIM) ސިސްޓަމް ބޭނުންކުރާނެ ގޮތާއި ޕްރޮޖެކްޓް ރިޕޯޓްކުރުމުގެ ޝަރުޠުތަކާ ބެހޭގޮތުން، ލައިން މިނިސްޓްރީތަކާއި ޕްރޮޖެކްޓް ހިންގާ މުވައްސަސާތަކުގެ މުވައްޒަފުންނަށް ތަމްރީނާއި، އޯރިއެންޓޭޝަނާއި، ރިފްރެޝަރ ސެޝަންތައް ހިންގުމާއި އަދި ދާއިމީކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ޕްރޮޖެކްޓް ބަޖެޓާއި، ފައިނޭންސްގެ އިންތިޒާމުތަކާއި، ފައިސާ ހަމަޖެހިފައިވާގޮތާއި ބޭނުންކުރަމުންދާގޮތާ ގުޅޭގޮތުން ފިސްކަލް އެފެއާޒް ޑިޕާޓްމަންޓާއެކު؛ ޕްރޮކިއުމަންޓާއި ކޮންޓްރެކްޓްގެ މަޢުލޫމާތާ ގުޅޭގޮތުން ނޭޝަނަލް ޓެންޑަރ ޑިޕާޓްމަންޓާއެކު؛ އަދި ޚަރަދާއި، ފައިސާދޫކުރުމާއި، މާލީ ކުރިއެރުމާ ގުޅޭގޮތުން ޓްރެޒަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިޕާޓްމަންޓާއެކު މަސައްކަތްކޮށް ގުޅުންބަދަހިކުރުން.
- ޕްރޮޖެކްޓް ބަޖެޓާއި، ފައިނޭންސްގެ އިންތިޒާމުތަކާއި، ފައިސާ ހަމަޖެހިފައިވާގޮތާއި ބޭނުންކުރަމުންދާގޮތާ ގުޅޭގޮތުން ފިސްކަލް އެފެއާޒް ޑިޕާޓްމަންޓާއެކު؛ ޕްރޮކިއުމަންޓާއި ކޮންޓްރެކްޓްގެ މަޢުލޫމާތާ ގުޅޭގޮތުން ނޭޝަނަލް ޓެންޑަރ ޑިޕާޓްމަންޓާއެކު؛ އަދި ޚަރަދާއި، ފައިސާދޫކުރުމާއި، މާލީ ކުރިއެރުމާ ގުޅޭގޮތުން ޓްރެޒަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިޕާޓްމަންޓާއެކު މަސައްކަތްކޮށް ގުޅުންބަދަހިކުރުން.
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ޑިޕާޓްމަންޓާއެކު އިސްކަންދޭ އަދި ޚާއްޞަ ޕްރޮޖެކްޓްތަކާ ގުޅޭގޮތުންނާއި، އިކޮނޮމިކް ކައުންސިލާއެކު ޕްރޮޖެކްޓާ ގުޅޭ ރިވިއުތަކާއި ނިންމުންތަކާ ގުޅޭގޮތުންނާއި، އަދި ކެބިނެޓަށާއި އިސް ފަންތީގެ މަޝްވަރާތަކަށް ބޭނުންވާ މަޢުލޫމާތާއި ބްރީފިންގ ސަމަރީ ހޯދުމަށް ކެބިނެޓް ސެކްރެޓޭރިއެޓާ ގުޅިގެން މަސައްކަތް ކުރުން.
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ޑިޕާޓްމަންޓާއެކު އިސްކަންދޭ އަދި ޚާއްޞަ ޕްރޮޖެކްޓްތަކާ ގުޅޭގޮތުންނާއި، އިކޮނޮމިކް ކައުންސިލާއެކު ޕްރޮޖެކްޓާ ގުޅޭ ރިވިއުތަކާއި ނިންމުންތަކާ ގުޅޭގޮތުންނާއި، އަދި ކެބިނެޓަށާއި އިސް ފަންތީގެ މަޝްވަރާތަކަށް ބޭނުންވާ މަޢުލޫމާތާއި ބްރީފިންގ ސަމަރީ ހޯދުމަށް ކެބިނެޓް ސެކްރެޓޭރިއެޓާ ގުޅިގެން މަސައްކަތް ކުރުން.
- އިސްކަންދޭ ޕްރޮޖެކްޓްތަކާއި، ޚާއްޞަ ޕްރޮޖެކްޓްތަކާއި، ކޮންޓްރެކްޓަރުންގެ ފައިނޭންސްއާއެކު ހިންގާ ޕްރޮޖެކްޓްތަކާއި އަދި ޢާންމު އިންވެސްޓްމަންޓް ޕޯޓްފޯލިއޯގެ މަސައްކަތްތައް ހިނގަމުންދާގޮތް ދައްކުވައިދޭ ގަވާއިދުން މޮނިޓަރިންގ ރިޕޯޓްތަކާއި، ޑޭޝްބޯޑުތަކާއި، ޕާފޯމަންސް ޚުލާޞާތަކާއި، ބްރީފިންގ ނޯޓްތަކާއި އަދި ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން.
- ޕްރޮޖެކްޓްގެ ޑޭޓާ އެނަލައިޒްކޮށް، ޕްރޮޖެކްޓް ކުރިއަށްދާ މިސްރާބާއި، ލަސްވާ ސަބަބުތަކާއި، މާލީ އަދި ޕްރޮކިއުމަންޓްގެ މައްސަލަތަކާއި، ރިސްކުތަކާއި، ގޮންޖެހުންތަކާއި އަދި އިތުރަށް ފިޔަވަޅު އަޅަންޖެހޭ ޕްރޮޖެކްޓްތައް ދެނެގަތުން.
- ސީނިއަރ މެނޭޖްމަންޓްއާއި ސަރުކާރުން ނިންމުންތައް ނިންމުމަށް އެއްބާރުލުން ދިނުމުގެ ގޮތުން، މޮނިޓަރިންގ ޓޫލްތަކާއި ޕާފޯމަންސް އިންޑިކޭޓަރުތައް ތަރައްޤީކޮށް ބެލެހެއްޓުން، އަދި ހެކީގެ މައްޗަށް ބިނާކޮށް އެނަލިސިސްއާއި ލަފާ ފޯރުކޮށްދިނުން.
- ޕްރޮޖެކްޓް މޮނިޓަރިންގ، ރިޕޯޓްކުރުން، އަދި ޕީ.އައި.އެމް (PIM) ސިސްޓަމް ބޭނުންކުރުމާ ގުޅޭގޮތުން ލައިން މިނިސްޓްރީތަކަށާއި، ޕްރޮޖެކްޓް ހިންގާ މުވައްސަސާތަކަށާއި ޕްރޮޖެކްޓް ޓީމުތަކަށް ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.
- ދެމެހެއްޓެނިވި، ސައްޙަ އަދި އެކަށީގެންވާ ވަގުތުގައި ޕްރޮޖެކްޓް މޮނިޓަރކޮށް ރިޕޯޓްކުރުމުގެ އާދަތައް އަށަގެންނެއްވުމަށްޓަކައި، މުވައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމުގެ ތަމްރީނާއި ސެޝަންތައް ހިންގުން.
- ޢާންމު އިންވެސްޓްމަންޓް ޕްރޮޖެކްޓްތައް ރޭވުމާއި، ހިންގުމާއި، އަދި ބެލެހެއްޓުމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކާ އެކު ރަނގަޅު ގުޅުމެއް ގާއިމްކޮށް، ގައިޑްލައިންތަކާއި، ޓެމްޕްލޭޓްތަކާއި، މެނުއަލްތަކާއި އަދި އެހެނިހެން މޮނިޓަރިންގ ޓޫލްތައް ތަރައްޤީކުރުމަށް އެހީތެރިވުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ހާސިލްކޮށްފައިވުން.
ނުވަތަ؛
2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވު ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ؛
3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެކައުންޓިންގ
- ބިލްޑިންގ ކޮންސްޓްރަކްޝަން
- ބިލްޑިންގ ސައިންސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ބިޒްނަސް ޕްރޮޖެކްޓް މެނޭޖްމަންޓް
- ސިވިލް އިންޖިނިއަރިންގ
- ކޮންސްޓްރަކްޝަން
- ކޮންސްޓްރަކްޝަން މެނޭޖްމަންޓް
- ކޮންސްޓްރަކްޝަން ޕްރޮޖެކްޓް މެނޭޖްމަންޓް
- ކޮންސްޓްރަކްޝަން ސައިންސް
- ޑޭޓާ އެނަލިޓިކްސް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް
- ޑިވެލޮޕްމަންޓް އިކޮނޮމިކްސް
- ޑިވެލޮޕްމަންޓް ސްޓަޑީޒް
- އިކޮނޮމިކްސް
- އެނަރޖީ ޕްރޮޖެކްޓް މެނޭޖްމަންޓް
- އެންވަޔަރަންމަންޓަލް މެނޭޖްމަންޓް
- އެންވަޔަރަންމަންޓަލް ސައިންސް
- ފައިނޭންސް
- އިނޮވޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް
- އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް
- އިންޓަރނޭޝަނަލް ޕްރޮޖެކްޓް މެނޭޖްމަންޓް
- އައި.ޓީ ޕްރޮޖެކްޓް މެނޭޖްމަންޓް
- ލޮޖިސްޓިކްސް މެނޭޖްމަންޓް
- މެނޭޖްމަންޓް
- މެރީން ކޮންޒަރވޭޝަން
- މެރީން ރިސޯސް މެނޭޖްމަންޓް
- މެޝަރމަންޓް އެންޑް އިވެލުއޭޝަން
- އޮޕަރޭޝަންސް މެނޭޖްމަންޓް
- އޮޕަރޭޝަންސް ރިސަރޗް
- ޕްރޮކިއުމަންޓް މެނޭޖްމަންޓް
- ޕްރޮޖެކްޓް އެންޑް އޮޕަރޭޝަންސް މެނޭޖްމަންޓް
- ޕްރޮޖެކްޓް ޑިވެލޮޕްމަންޓް
- ޕްރޮޖެކްޓް އިންޖިނިއަރިންގ
- ޕޮރޮޖެކްޓް އިވެލުއޭޝަން
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ރިނިއުބަލް ޕްރޮޖެކްޓް މެނޭޖްމަންޓް
- ސްޓްރަކްޗަރަލް އިންޖިނިއަރިންގ
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- ޕްރޮޖެކްޓްތައް މެނޭޖްކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
- ޕްރޮޖެކްޓް ނިސްބަތްވާ ސިނާއަތުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ސެޕްޓެންބަރު 2026 ގެ 13:00 ގެ ކުރިން، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް[email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނީ، 24ސެޕްޓެންބަރު 2026 އާއި 29 އޮކްޓޫބަރު 2026 އާ ދެމެދު، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|