ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2026/174
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:33
ސުންގަޑި: 20 ސެޕްޓެންބަރު 2026 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
ދިވެހިރާއްޖެ
ޕްރިންސިޕަލް ސިވިލް އިންޖިނިއަރ

މަޤާމް :ޕްރިންސިޕަލް ސިވިލް އިންޖިނިއަރ
ބޭނުންވާ އަދަދު :1

އިޢުލާނު

 

މަޤާމު:

ޕްރިންސިޕަލް ސިވިލް އިންޖިނިއަރ

މަޤާމުގެ ނަންބަރު:

J-464103

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 10 - ސްޓެޕް 1    

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޕްރޮޖެކްޓް މޮނިޓަރިންގ ސެކްޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ޑިޕާޓްމަންޓް، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ، ކ. މާލެ

އަސާސީ މުސާރަ:

27،260.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

15،610.00 ރުފިޔާ

ހާޒިރީ އިނާޔަތް:

425.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

-         ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދައުލަތުގެ އިންވެސްޓްމަންޓްތައް ޤައުމީ ތަރައްޤީގެ ސިޔާސަތުތަކާއި ފިސްކަލް އަމާޒުތަކާ އެއްގޮތަށް ކުރިއަށްގެންދިއުމަށްޓަކައި ޕީ.އައި.އެމް.ޔޫ އާއި ޕީ.އެސް.އައި.ޕީ އަށް ސްޓްރެޓެޖިކް ލީޑަރޝިޕް ފޯރުކޮށްދިނުން. މީގެ ތެރޭގައި އިންވެސްޓްމަންޓް މެނޭޖްމަންޓް އޮނިގަނޑުތަކާއި އުޞޫލުތައް އެކުލަވާލައި އިޞްލާޙުކުރުމާއި، ޕޯޓްފޯލިއޯ ސްޓްރެޓެޖިކް ގޮތެއްގައި ބަލަހައްޓައި އިސް މެނޭޖްމަންޓަށް ލަފާދިނުން، އަދި އިންވެސްޓްމަންޓްތަކާ ގުޅޭ ނިންމުންތަކަކީ ފަންނީ، މާލީ އަދި އިޤްތިޞާދީ ގޮތުން ދެކޮޅުޖެހޭ ނިންމުންތަކެއްކަން ކަށަވަރުކުރުމާއެކު، ސަރުކާރުގެ އިދާރާތަކުގައި މަޝްރޫޢުތައް ރޭވުމާއި، ހިންގުމާއި، މޮނިޓަރކޮށް ވަޒަންކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އިސްދައުރެއް އަދާކުރުން.
  2. ޕީ.އައި.އެމް.ޔޫ (PIMU) ގެ އެންމެހައި މުވައްޒަފުންގެ މަސައްކަތްތަކާއި ޒިންމާތައް ކަނޑައަޅައި، ޔުނިޓުގެ ފަންނީ، މާލީ އަދި އިދާރީ މަސައްކަތްތައް ވިލަރެސްކޮށް މެނޭޖްކުރުން. މީގެއިތުރުން ޓީމުން ތައްޔާރުކުރާ ރިޕޯޓުތަކާއި ދިރާސާތަކުގެ ފެންވަރު ކަށަވަރުކުރުމާއެކު، މުވައްޒަފުންގެ ހުނަރު ތަރައްޤީކޮށް، އެއްބާރުލުންދޭ މަސައްކަތުގެ މާހައުލެއް ބިނާކުރުން. އަދި ސަރުކާރުން އިސްކަންދޭ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ޔުނިޓުގެ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކޮށް، މަސައްކަތްތައް ވަގުތަށް ނިންމުމަށް އިސްކަންދިނުން.
  3. ޕީ.އެސް.އައި.ޕީ މަޝްރޫއުތައް އެކުލަވައިލުމާއި އިސްކަންދޭ ތަރުތީބު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްގެންދަނީ ގައުމީ އިސްކަންދޭ ކަންކަމަށާއި، ދައުލަތުގެ މާލީ ތަނަވަސްކަމާއި ތަންފީޒީ ގާބިލުކަމަށް ބަލައިގެންނެވެ. މިގޮތުން، މަޝްރޫއުތައް ފެށުމާއި، ބަދަލުގެނައުމާއި، ނުވަތަ ފަސްކުރުމާ ގުޅޭ ލަފާދިނުމުގެ އިތުރުން، ޚާއްސަ ސަމާލުކަމެއް ބޭނުންވާ މަޝްރޫއުތައް ދެނެގަތުމަށްޓަކައި ޕޯޓްފޯލިއޯ މުރާޖައާކުރުމުގެ މަސައްކަތައްކުރުން. އަދި މި ހުރިހާ މަރުހަލާތަކެއް ދެފުށް ފެންނަ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގުމާއެކު، އައު އަދި މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި ދައުލަތުގެ ބަޖެޓާ ދެމެދު އެކަށީގެންވާ ހަމަހަމަކަމެއް ގާއިމުކުރުމަށް ސްޓްރެޓެޖިކް ލަފާ ފޯރުކޮށްދިނުން.
  4. ދައުލަތުގެ ބޮޑެތި އިންވެސްޓްމަންޓް މަޝްރޫޢުތަކަށް ޚަރަދުކުރުމުގެ ކުރިން، އެ މަޝްރޫޢުތަކަކީ ފަންނީ، މާލީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ފުރިހަމައަށް ދިރާސާކޮށް ފަރުމާކުރެވިފައިވާ މަޝްރޫޢުތަކެއްކަން ކަށަވަރުކޮށް މޮނިޓަރކުރުން. މަޝްރޫޢުގެ ދާއިރާއާއި، ޚަރަދު، ތާވަލު އަދި ކުރިމަތިވެދާނެ ނުރައްކާތައް ވަޒަންކުރުމުގައި ފަންނީ އިރުޝާދު ދިނުމާއި، ބަޖެޓާއި ފައިސާ ހޯދުމުގެ ކަންކަމުގައި ފިސްކަލް އެފެއާޒް ޑިޕާޓްމަންޓާ ގުޅިގެން މަސައްކަތްތައް ވިލަރެސްކުރުން. އަދި ސަރުކާރުގެ އައު ސިޔާސަތުތަކާ ގުޅޭ މާލީ ދިރާސާތައް ބެލެހެއްޓުމާއެކު، މަޝްރޫޢު ހިންގާނެ އިންތިޒާމުތަކާއި، ބޭނުންވާ ފައިސާ، ލިބޭނެ ނަތީޖާ އަދި ހުރި ގޮންޖެހުންތައް ހުށަހެޅުންތަކުގައި ސާފުކޮށް ހިމަނާފައިވާކަން ޔަޤީންކުރުން.
  5. ސަރުކާރުގެ މުހިންމު އަދި ބޮޑެތި އިންވެސްޓްމަންޓް މަޝްރޫޢުތައް އިސްވެ ބެލެހެއްޓުމާއި މޮނިޓަރކުރުމުގެ ގޮތުން މަޝްރޫޢުތަކުގެ ޢަމަލީ އަދި މާލީ ކުރިއެރުމާއި، ޕްރޮކިއުމަންޓާއި، ތާވަލުތަކަށް އަންނަ ބަދަލުތައް މުރާޖަޢާކޮށް، ދިމާވާ މައްސަލަތަކާއި ނުރައްކާތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން. އަދި މަސައްކަތް ލަސްވާ މަޝްރޫޢުތަކަށް އިޞްލާޙީ ފިޔަވަޅުތައް އެޅުމަށް އިރުޝާދުދީ، ކަމާގުޅޭ މުވައްޒަފުން ތައްޔާރުކުރާ ރިޕޯޓުތައް ދިރާސާކުރުމަށްފަހު، މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށް އިސް ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެކަށީގެންވާ ލަފާ ފޯރުކޮށްދިނުން.
  6. ދައުލަތުގެ އިންވެސްޓްމަންޓް މަޝްރޫއުތައް ވަޒަންކުރުމުގައާއި ނިންމުންތައް ނިންމުމުގައި ސިވިލް އިންޖިނިއަރިންގ އަދި އިންފްރާސްޓްރަކްޗަރާ ގުޅޭ ފަންނީ އިރުޝާދާއި ލަފާ އިސް މެނޭޖްމަންޓަށް ފޯރުކޮށްދިނުމާއެކު، ބޮޑެތި މަޝްރޫއުތަކުގެ ހުށަހެޅުންތަކާއި ފަންނީ މިންގަނޑުތައް މުރާޖައާކޮށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުން. އަދި ބޭނުންވާ ހާލަތްތަކުގައި ފަންނީ މާހިރުންގެ ލަފާ ހޯދުމުގެ ކަންކަން ވިލަރެސްކޮށް، ދައުލަތުގެ މަޝްރޫއުތަކަކީ ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި އަދި ހޭދަކުރާ ފައިސާއަށް އެންމެ އެދެވޭ ފައިދާ ލިބޭނެ ގޮތަށް ހިންގޭ މަޝްރޫއުތަކެއްކަން ކަށަވަރުކުރުން.
  7. ފިސްކަލް އެފެއާޒް ޑިޕާޓްމަންޓާއި، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ މާލީ އަދި ބަޖެޓާ ގުޅޭ ކަންކަން އިސްތިރާޖީ ގޮތެއްގައި މޮނިޓަރކޮށް، ޚަރަދުތަކާއި މުސްތަޤުބަލުގެ މާލީ ޒިންމާތައް މުރާޖަޢާކުރުން. އަދި މަޝްރޫޢުތައް ތަރުތީބުކުރުމުގައާއި ނިންމުންތައް ނިންމުމުގައި މާލީ ކަންކަމަށް ރިޢާޔަތްކުރުމާއެކު، ޚަރަދު ބޮޑުވާ ނުވަތަ މާލީ ގޮންޖެހުން ހުރި މަޝްރޫޢުތަކަށް އެކަށީގެންވާ ލަފާދީ، ތައްޔާރުކުރެވޭ މާލީ ތަޙުލީލުތަކަކީ މެނޭޖްމަންޓް ލެވެލްގައި ނިންމާ ނިންމުންތަކަށް އެހީތެރިވެދޭ ވަރުގަދަ ދިރާސާތަކަކަށް ހެދުން.
  8. ދައުލަތުގެ އިންވެސްޓްމަންޓްތައް މެނޭޖްކުރާ ނިޒާމު (ޕީ.އައި.އެމް) ޤާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ ސްޓްރެޓީޖިކް ލަފަޔާއި އިރުޝާދު ދިނުމާއެކު، މިއީ މަޝްރޫޢުތައް މޮނިޓަރކޮށް ނިންމުންތައް ނިންމުމަށް އެހީތެރިވާ އިތުބާރުހުރި މަރުކަޒީ ނިޒާމެއްގެ ގޮތުގައި ބެލެހެއްޓުމުގެ ގޮތުން، މަޝްރޫޢުތަކުގެ މަޢުލޫމާތުގެ ފެންވަރާއި، ފުރިހަމަކަމާއި އަދި ވަގުތު ކަށަވަރުކުރުމަށް މިންގަނޑުތައް ކަނޑައަޅައި، ސިސްޓަމްގެ ޑޭޝްބޯޑުތަކާއި ރިޕޯޓިންގ އޮނިގަނޑުތައް ތަރައްޤީކުރުން. އަދި މަޝްރޫޢުތައް ހިންގާ އިދާރާތަކުން ޤަވާޢިދުން މަޢުލޫމާތު ފޯރުކޮށްދޭކަން ކަށަވަރުކޮށް، އިންވެސްޓްމަންޓްތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި އިތުބާރުހުރި މަޢުލޫމާތުގެ މައްޗަށް ބިނާކުރުމަށް ބާރުއެޅުން.
  9. ދައުލަތުގެ އިންވެސްޓްމަންޓްތަކާއި މަޝްރޫޢުތައް މެނޭޖްކުރުމުގައި، ސަރުކާރުގެ ވުޒާރާތަކާއި، މުއައްސަސާތަކާއި، ކުންފުނިތަކުގެ މެދުގައި އިސް ފޯކަލް ޕޮއިންޓެއްގެ ގޮތުން މަތީ ފަންތީގައި ވިލަރެސްކުރުމުގެ ގޮތުން، ފިނޭންސް މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ކެބިނެޓް އަދި އިކޮނޮމިކް ކައުންސިލާ އެކު ކުރަންޖެހޭ މުޢާމަލާތްތައް އިސްވެ ބެލެހެއްޓުމާއި، މަތީ ފަންތީގެ ބައްދަލުވުންތަކުގައި ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އައި.އެމް.ޔޫ) ތަމްސީލުކުރުން. އަދި ސިޔާސަތުތައް އެކަށައެޅުމަށް އިސްވެރިންނަށް ސްޓްރެޓީޖިކް ލަފާދީ، ނިންމާ ނިންމުންތަކާއި އިރުޝާދުތައް ކަމާގުޅޭ ފަރާތްތަކާ ހިއްސާކޮށްގެން ފުރިހަމައަށް ތަންފީޛުވަމުންދާކަން ކަށަވަރުކުރުން.
  10. ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ޔުނިޓް (PIMU) ގެ އެންމެހައި މަސައްކަތްތަކެއް ސަރުކާރުގެ ސިޔާސަތުތަކާއި، މާލީ އަދި ޕްރޮކިއުމަންޓް ގަވާއިދުތަކާ އެއްގޮތަށް ހިންގުން. އަދި އިންވެސްޓްމަންޓްތަކުގެ ހުރިހާ މަރުހަލާއެއްގައި ދެފުށް ފެންނަ، ޖަވާބުދާރީވަނިވި ހިންގުމުގެ ނިޒާމެއް ގާއިމުކޮށް، ދިމާވާ ގޮންޖެހުންތައް ދެނެގަނެ އިސްލާހީ ފިޔަވަޅުތައް ހުށަހެޅުމާއެކު، މާލީ ޒިންމާގެ ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމުގައި އެއްބާރުލުން ދިނުން.
  11. ދައުލަތުގެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއާއި މަޝްރޫޢުތަކަށް ކުރިމަތިވެދާނެ އެކި ދާއިރާތަކުގެ ނުރައްކާތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް އެކަށީގެންވާ ނިޒާމުތައް ގާއިމުކޮށް އިސްދައުރެއް އަދާކުރުން. އަދި ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ކުރިއަށްގެންދާ އުނދަގޫ މަޝްރޫޢުތަކުގެ މައްސަލަތައް ހައްލުކުރުމަށް އިރުޝާދުދީ، މަޝްރޫޢުތައް އިސްލާހުކުރުމާއި ހަލުވިކުރުމަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުން. މީގެއިތުރުން، މަޝްރޫޢުތައް ހިންގުމުން ލިބޭ ތަޖުރިބާގެ އަލީގައި ކުރިމަގުގެ އިންވެސްޓްމަންޓް އުސޫލުތައް ހަރުދަނާކުރުމަށް މަސައްކަތްކުރުން.
  12. ދައުލަތުގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ރޭވުމާއި، މެނޭޖުކުރުމާއި، ތަންފީޒުކުރުމުގައި ޕީ.އައި.އެމް.ޔޫ އާއި ސަރުކާރުގެ އިދާރާތަކުގެ ފަންނީ އަދި އިދާރީ ޤާބިލުކަން އިތުރުކުރުން. މިގޮތުން އިންވެސްޓްމަންޓްތައް ބެލެހެއްޓުމަށް ބޭނުންވާ އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލައި ބޭނުންކުރުމާއި، މުވައްޒަފުންގެ ހުނަރާއި ތަޖުރިބާ އިތުރުކުރުމުގެ އިތުރުން، ޤައުމީ އަދި ބައިނަލްއަޤުވާމީ ފަރާތްތަކާ ގުޅިގެން މި ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރުން.
  13. މި މަޤާމުގެ އިތުރު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ދައުލަތުގެ އިންވެސްޓްމަންޓްތަކާއި އުމްރާނީ މަޝްރޫޢުތަކާ ގުޅޭގޮތުން ފަންނީ އަދި ސްޓްރެޓެޖިކް ލަފާދިނުމާއި، ކަމާގުޅޭ ހާއްސަ މަސައްކަތްތައް އިސްވެ ވިލަރެސްކޮށް ހިންގުން. މީގެއިތުރުން، އެކި ބައްދަލުވުންތަކާއި ކޮންފަރެންސްތަކުގައި މިނިސްޓްރީ ތަމްސީލުކުރުމާއި، އިންވެސްޓްމަންޓްތައް ބެލެހެއްޓުމާ ގުޅޭގޮތުން ވެރިން ހަވާލުކުރައްވާ އެންމެހައި މަސައްކަތްތައް ފުރިހަމަކުރުން

މަޤާމުގެ ޝަރުޠުތައް:

 

1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވު ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް: 

 

  1. އާކިޓެކްޗަރަލް އިންޖީނިއަރިންގ  
  2. ބްރިޖް އިންޖިނިއަރިންގ  
  3. ބިލްޑިންގ އެންޑް އާކިޓެކްޗުރަލް އިންޖިނިއަރިންގ  
  4. ބިލްޑިންގ އިންޖިނިއަރިންގ  
  5. ސިވިލް އެންޑް އާކިޓެކްޗުރަލް އިންޖިނިއަރިންގ  
  6. ސިވިލް އެންޑް އެންވަޔަރަމަންޓަލް އިންޖިނިއަރިންގ  
  7. ސިވިލް އިންޖިނިއަރިންގ  
  8. ސިވިލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން  
  9. ސިވިލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން މެނޭޖްމަންޓް  
  10. ސިވިލް އިންޖިނިއަރިންގ ސްޓްރަކްޗަރސް  
  11. ކޮމްޕިއުޓޭޝަނަލް ސިވިލް އިންޖިނިއަރިންގ  
  12. ކޮންސްޓްރަކްޝަން އިންޖިނިއަރިންގ  
  13. ކޮންސްޓްރަކްޝަން އިންޖިނިއަރިންގ މެނޭޖްމަންޓް  
  14. ކޮންސްޓްރަކްޝަން މެޝިން އިންޖިނިއަރިންގ  
  15. ކޮންސްޓްރަކްޝަން މެނޭޖްމަންޓް އެންޑް އިންޖިނިއަރިންގ  
  16. އަރތްކުއޭކް އިންޖިނިއަރިންގ  
  17. އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ އެންޑް މެނޭޖްމަންޓް  
  18. މެއިންޓެނަންސް އިންޖިނިއަރިންގ  
  19. ރޯޑް މެނޭޖްމަންޓް އެންޑް އިންޖިނިއަރިންގ  
  20. ސްޓްރަކްޗަރަލް އެންޑް ބިލްޑިންގ ޕްރޮޑަކްޓްސް އިންޖިނިއަރިންގ  
  21. ސްޓްރަކްޗަރަލް އެންޑް ސިވިލް އިންޖިނިއަރިންގ  
  22. ސްޓްރަކްޗަރަލް އެންޑް ޖިއޯޓެކްނިކަލް އިންޖިނިއަރިންގ  
  23. ސްޓްރަކްޗަރަލް އިންޖިނިއަރިންގ  
  24. ސްޓްރަކްޗަރަލް އިންޖިނިއަރިންގ އެންޑް ބިލްޑިންގ ޓެކްނޯލޮޖީ  
  25. ސްޓްރަކްޗަރަލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން  
  26. ސަސްޓެއިނަބަލް ސްޓްރަކްޗަރަލް އިންޖިނިއަރިންގ  

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އިންޖިނިއަރިންގ ދާއިރާގެ ޢަމަލީ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ސެޕްޓެންބަރު 2026 ގެ 13:00 ގެ ކުރިން، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނީ، 24ސެޕްޓެންބަރު 2026 އާއި 29 އޮކްޓޫބަރު 2026 އާ ދެމެދު، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ ގައެވެ. 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

14 ސެޕްޓެންބަރު 2026