ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL-A/GS152/2016/18
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 24 ފެބުރުވަރީ 2016 13:30
މަތިވެރި ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑްމިނިސްޓްރޭޓަރ 

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 3

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް:

އއ. މަތިވެރި ސްކޫލް

މުސާރަ:

މަހަކު -/7،035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2،000 ރުފިޔާ

 

 

 

 

 

މަޤާމުގެ ޝަރުޠު:

  1. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓުގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  4. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  5. އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ކިޔަވައިދިނުމުގެ ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއައްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ސަރުކާރުގެ ފައިސާއާބެހޭ އާންމު ގަވާޢިދުތަކާއި ހަމަތަކުގެމަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
  2. އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތައް ކުރުން.
  3. ސްކޫލް ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން.
  4. ސްކޫލު މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން ވެރިއެއްގެ ޙައިސިއްތުން ބަލަހައްޓަންޖެހޭ ކައްތައް ބެލެހެއްޓުން.
  5. ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
  6. ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.
  7. ކިޔަވައިދިނުމާ ސީދާ ގުޅުމެއްނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.
  8. ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީއާއި ސްޓޮކުގެ އެންމެހައި ކަންތައް ބެލެހެއްޓުން.
  9. ސްކޫލުގެ އެންމެހައި އިމާރާތްތައް މަރާމާތުކުރުވުމާއެކު ބެލެހެއްޓުން.
  10. ސްކޫލުގެ އެންމެހައި އިމާރާތްތައްކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  11. ސްކޫލުގެ އިމާރާތްތަކާއި ތަކެތި އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން އަރިއަތޮޅު އުތުރުބުރީ މަތިވެރީ ސްކޫލުގެ އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުން:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ މީހަކަށްވުން.
  • މަސައްކަތަށް ޝައުޤުވެރިކަންހުރި މިންވަރު.
  • އުމުރުން 55 އަހަރުނުވާ މީހަކަށްވުން.
  • މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއު ކުރުން:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއުއާއި  ޕްރެކްޓިކަލްސް  އޮންނާނެ  ތާރީޚާއި  ތަން،  އިޢުލާނުގެ  މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއުއަށް ހާޒިރުވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

ނޯޓް:

  • މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން މި ސްކޫލުގެ IUL-A/GS152/2016/11 ނަންބަރުގެ އިޢުލާން ވަނީ ބާޠިލް ކުރެވިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660816 ނަންބަރު ފޯނާއެވެ.

6 ޖުމާދަލްއޫލާ 1437

15 ފެބުރުވަރީ 2016