ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)263/263/2026/70
ޕަބްލިޝްކުރި ތާރީޚް: 13 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 21:50
ސުންގަޑި:
24 ސެޕްޓެންބަރު 2026 14:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިސްރަށްވެހިންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ޚާއްސަ ލައިސަންސް ދޫކުރުމުގެ ފުރުސަތު ހުޅުވާލުމާ ގުޅޭ
ޤަވާއިދު ނަންބަރު 2021/R-102 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދު) ގެ ދަށުން އުމުރުން ދުވަސްވީ ފަރާތްތަކަށް ދޫކުރާ ޚާއްސަ ލައިސަންސް ދޫކުރުމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށްއެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، އުމުރުން ދުވަސްވީ ފަރާތްތަކަށް (60 އަހަރުން މަތި) ދޫކުރާ ޚާއްސަ ލައިސަންސް ހޯދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރުއްވުމަށްފަހު، 2026 ސެޕްޓެމްބަރ 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް، ފުރިހަމަކޮށްފައިވާ ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 ހަމައަށް ހަމަޖެހިފައިވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
13 ސެޕްޓެންބަރު 2026