ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)32-PMD-S2/1/2026/41
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 19:23
ސުންގަޑި: 21 ސެޕްޓެންބަރު 2026 14:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސްޓޭޓް ލީގަލް ސަޕޯޓް އެޑްމިނިސްޓްރޭޓަރ

މަޤާމު:

ސްޓޭޓް ލީގަލް ސަޕޯޓް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ބާވަތް:

ދާއިމީ

ޕަބްލިކް ސަރވިސް ރޭންކް:

08

މަޤާމުގެ ކްލެސިފިކޭޝަން:

ސްޓޭޓް ލީގަލް ސަޕޯޓް ސަރވިސް ޕްރޮފެޝަނަލުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ބަންޑާރަނައިބުގެ އޮފީސް/ މާލެ

އަސާސީ މުސާރަ:

-/15،255 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/6،115 ރުފިޔާ

ހާޒިރީ އެލަވަންސް:

-/185 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

މަޤާމުގެ ޝަރުތުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

ނުވަތަ،

  2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ          އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ          މަސައްކަތުގެ ދާއިރާއެއްގެ 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ތައުލީމީ ދާއިރާތައް

އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް، ޕަބްލިކް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން ރިސޯސަސް.

ފައިނޭންސް، ޕަބްލިކް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، އެކައުންޓިންގ އެންޑް ފައިނޭންސް، އެކައުންޓިންގ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. އޮފީހުން ކަނޑައަޅާގޮތެއްގެ މަތިން އަންނަނިވި ދެ ޑިވިޜަނުންކުރެ ޑިވިޜަނެއްގެ އިދާރީ މަސައްކަތްތައް ކުރުން:
  • ލޯ ރިފޯމް އެންޑް ލެޖިސްލޭޓިވް އެފެއާޒް ޑިވިޜަން
  • ކޯޕަރޭޓް އެފެއާޒް ޑިވިޜަން

   2. ލޯ ރިފޯމް އެންޑް ލެޖިސްލޭޓިވް އެފެއާޒް ޑިވިޜަންގެ މައިގަނޑު މަސްއޫލިއްޔަތު           ތެރޭގައި އަންނަނިވި މަސައްކަތްތައް ކުރުން:

  • ބިލުތައް އެކުލަވާލުމާގުޅޭ އިދާރީ މަސައްކަތްތައް ކުރުން؛
  • ޑިވިޜަންގެ އެންޓްރީ އަދި ޑިސްޕެޗް ގަވާއިދުން އަދާހަމަކޮށް ބެލެހެއްޓުން؛
  • ޑިވިޜަންގެ ލިޔެކިޔުމާއި ރެކޯޑުތައް ފައިލްކުރުމާއި ބެލެހެއްޓުން؛
  • ޑިވިޜަނުން އެހެން އިދާރާތަކާއެކު ކުރަންޖެހޭ ކަންކަމުގެ ސުންގަޑިތައް ބެލެހެއްޓުމާއި، އެ ސުންގަޑިތަކަށް މަސައްކަތް ނިންމުމަށްޓަކައި ސުޕަވައިޒަރުންނާއި ކަމާބެހޭ އިދާރާތަކާއެކު ވިލަރެސްކުރަންޖެހޭ ކަންކަން ވިލަރެސްކުރުން؛
  • އޮފީހުގެ އެތެރޭގެ މަސައްކަތްތަކާ ގުޅިގެން ކަނޑައެޅޭ ސުންގަޑިތައް ބެލެހެއްޓުމާއި، އެ ސުންގަޑިތަކަށް މަސައްކަތް ނިންމުމަށްޓަކައި ސުޕަވައިޒަރުންނާއި ކަމާބެހޭ އެހެން ޑިވިޜަންތަކާއެކު ވިލަރެސްކުރަންޖެހޭ ކަންކަން ވިލަރެސްކުރުން؛
  • ޑިވިޜަންގެ މަސައްކަތާ ގުޅިގެން އިންތިޒާމުކުރާ ބައްދަލުވުންތަކުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން؛
  • ޑިވިޜަންގެ މަސައްކަތްތަކުގެ ތެރެއިން ސްޓޭޓް ލީގަލް ސަޕޯޓް އޮފިސަރ ކުރުމަށް ކަނޑައެޅޭ އެހެން މަސައްކަތްތައް ކުރުން.

  3. ކޯޕަރޭޓް އެފެއާޒް ޑިވިޜަންގެ މައިގަނޑު މަސްއޫލިއްޔަތު ތެރޭގައި އަންނަނިވި             މަސައްކަތްތައް ކުރުން:

  • އޮފީހުގެ ހިއުމަން ރިސޯސްއާ ގުޅުންހުރި އިދާރީ މަސައްކަތްތައް ކުރުމާއި، ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންނާ ގުޅުންހުރި މަސައްކަތްތަކުގެ ލިޔެކިޔުންތަކާއި ރެކޯޑްތައް ބަލަހައްޓާ ތަރުތީބުކުރުން.
  • އޮފީހުގެ ރެކްރޫޓްމަންޓް ޕޮލިސީއާ އެއްގޮތަށް އޮފީހުގެ މަޤާމުތަކަށް މުވައްޒަފުން ނެގުމުގެ މަސައްކަތްތައް ކުރުމާއި، ވަޒީފާއަށް މުވައްޒަފުން އަހުލުވެރިކުރުވުން.
  • މުވައްޒަފުންގެ މުސާރައާއި ޗުއްޓީއާ ގުޅުންހުރި އެންމެހާ މަސައްކަތެއް ކުރުން.
  • މުވައްޒަފުންގެ މަޤާމު ބަދަލުކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، ވަޒީފާއިން ވަކިކުރުމުގެ މަސައްކަތްތައް ކުރުން.
  • މުވައްޒަފުން ތަމްރީންކުރުމާއި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އެންމެހައި މަސައްކަތެއް  ކުރުން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ބަންޑާރަނައިބުގެ އޮފީހުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)  
  2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީ.
  4.  އެހެން އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. މަޤާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ބޭނުންވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓްކޮށްފައި)؛
  • މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ
  • ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ސެޓިފިކެޓް ނެތް ޙާލަތެއްގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

  • މަޤާމުގެ ނަމާއި، ރޭންކް އަދި ކްލެސިފިކޭޝަން ހިމެނޭނަމަ، އެ މަޢުލޫމާތުތައް ހިމެނުމަށް؛
  • ލިބޭ މުސާރަ އާއި އިނާޔަތްތައް (ވަކި ވަކިން އެނގޭނެގޮތަށް ހިމެނުމަށް)؛
  • ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް)؛
  • ވަޒީފާގެ މަސްއޫލިއްޔަތުތަކާއި މައިގަނޑުކޮށް މަސައްކަތްކޮށްފައިވާ ދާއިރާ؛

  7. 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، ބެލެނިވެރިޔާ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ          އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected]   އަށެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއުއަށް ކިޔުން

  • މަޤާމުގެ އިންޓަރވިއުއަށް ކިޔާނީ، ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަނުކުރުމާ ގުޅޭ އުސޫލުގެ ދަށުން ހަމައެކަނި ޝޯޓްލިސްޓްވާ ކެންޑިޑޭޓުންނެވެ.
  • އިންޓަރވިއު ބޭއްވޭނީ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އެހެންކަމުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވެވޭ ގޮތަށް ޝޯޓްލިސްޓްވާ ކެންޑިޑޭޓުން ހުންނަންވާނެއެވެ.
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. އަދި އީ-މެއިލް ކުރާނީ [email protected]  އަށެވެ.
  • 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' އޮފީހުގެ ވެބްސައިޓް                https://agoffice.gov.mv/dv/publications?category=26 އިން ލިބެން ހުންނާނެއެވެ.
10 ސެޕްޓެންބަރު 2026