|
1. ސިސްޓަމްތަކާއި އެކަޑަމިކް ޕޯޓަލްތައް ބެލެހެއްޓުން
- ޕަވަރ ކެމްޕަސް ސިސްޓަމް: ކޮންމެ ސެމެސްޓަރެއްގެ 12 ވަނަ ހަފުތާގައި، ކުރިއަށް އޮތް ސެމެސްޓަރުގައި ކިޔަވައިދޭން ނިންމާފައިވާ މާއްދާތަކުގެ ސެކްޝަންތައް ތައްޔާރުކޮށް، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ސްޓޫޑެންޓް އެޑްމިނިސްޓްރޭޝަން ސަރވިސަސް (އެސް.އޭ.އެސް) އަށް ހުށަހެޅުން.
- މޫޑުލް އަދި ޕޯޓަލް އެކްސެސް: ބިޒްނަސް ސްކޫލަށް އަލަށް ގުޅޭ ލެކްޗަރަރއިންގެ މަޢުލޫމާތު އެއްކޮށް، މޫޑުލް އެކައުންޓް ހެދުމަށް ބޭނުންވާ ފޯމުތައް ފުރިހަމަކޮށް އައި.ޓީ ސެކްޝަނަށް ހުށަހެޅުމާއި، އެކްސެސް ލިބިފައިވާކަން ޔަޤީންކޮށް، ދިމާވާ މައްސަލަތައް ހައްލުކުރުމަށް ފޮލޯއަޕް ހެދުން.
- މައި އެމް.އެން.ޔޫ (MyMNU) ޕޯޓަލް: ޕޯޓަލް މެދުވެރިކޮށް ލިބޭ ފޯމުތައް ކޮންމެ ދުވަހަކު ޗެކްކޮށް، އެ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި ކަމާބެހޭ އެކަޑަމިކް މުވައްޒަފުންނާ ހަވާލުކުރުން.
- ވީ.އެލް.އޭ.އެސް (VLAS) ޕޯޓަލް: ވިޒިޓިންގ ލެކްޗަރަރއިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ރިކުއެސްޓްތައް ކޮންމެ މަހެއްގެ ކަނޑައެޅިފައިވާ މުއްދަތުގައި އެޕްރޫވްކުރޭތޯ ބެލުމަށް ޓްރެކްކޮށް، ރިކުއެސްޓްތަކާ ގުޅޭގޮތުން ފެކަލްޓީގެ ފަރާތުން އެޗް.އާރް ޑިޕާޓްމަންޓަށް ފޯރުކޮށްދޭންޖެހޭ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
2. ދަރިވަރުންގެ ރެކޯޑުތަކާއި ހާޒިރީ ބެލެހެއްޓުން
- ހާޒިރީ ޝީޓްތައް ތައްޔާރުކުރުން: ސެލްފް-ސަރވިސް މެދުވެރިކޮށް ދަރިވަރުންގެ ލިސްޓުތައް ޑައުންލޯޑްކޮށް، މާއްދާތަކުގެ ވަކިވަކި ހާޒިރީ ޝީޓްތައް (ގޫގުލް ޝީޓްސް) ހަދައި، ލެކްޗަރަރއިންނާއި ކޯޑިނޭޓަރުންނާ ހިއްސާކުރުން.
- މާސްޓަރ އެޓެންޑަންސް އަދި މިސްޑް ކްލާސް ފޯމް: ކޮންމެ ސެމެސްޓަރެއް ފެށުމުގެ ކުރިން "މިސްޑް ކްލާސް ފޯމު" ތައްޔާރުކޮށް، ހާޒިރީ ޝީޓްތަކާ ގުޅުވައިގެން "މާސްޓަރ އެޓެންޑެންސް ޝީޓް" އެކުލަވާލުލައި، މި ޝީޓު ހުރިހާ ފުލްޓައިމް މުވައްޒަފުންނާ ހިއްސާކޮށް އަދާހަމަކުރުން.
- ހާޒިރީ މޮނިޓަރކުރުން: ކޮންމެ 4 ހަފުތާއަކުން ހުރިހާ މާއްދާތަކެއްގެ ދަރިވަރުންގެ ހާޒިރީ ޗެކްކުރުމާއި، ދަރިވަރުން ހުށަހަޅާ މެޑިކަލް ސެޓްފިކެޓްތަކުގެ ރެކޯޑުތައް ނިޒާމީގޮތެއްގައި ބެލެހެއްޓުން.
- ދަރިވަރުންގެ އެގްޒޭމް އެލިޖިބިލިޓީ (އިމްތިހާނު ހެދުމަށް ބޭނުންވާޝަރުތު) ހަމަވޭތޯ (އެލިޖިބިލިޓީ): 12 ވަނަ ހަފުތާގެ އޭ.އާރް.ސީ ބައްދަލުވުމުގެ ކުރިން "އެސް.އެސް (ސެލްފް ސާރވިސް) އެލިޖިބިލިޓީ" ބެޗް ކޯޑިނޭޓަރުން އަދާހަމަކޮށްފައިވާކަން ޔަޤީންކުރުމާއި، ނިންމުންތަކާ އެއްގޮތަށް ސެލްފް-ސަރވިސްގައި ސްޓޭޓަސް އަދާހަމަކުރުން.
- ރަޖިސްޓްރޭޝަން ސްޓޭޓަސް: ކޮންމެ ސެމެސްޓަރެއްގެ ފުރަތަމަ 4 ހަފުތާގެ ތެރޭގައި ދަރިވަރުންގެ ރަޖިސްޓްރޭޝަން މޮނިޓަރކޮށް، ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވުން.
3. ދަރިވަރުންގެ ޚިދުމަތްތަކާއި އިދާރީ އެހީތެރިކަން
- ހައިބްރިޑް ކިޔެވުން: ޚާއްޞަ ހާލަތްތަކާ ގުޅިގެން ހައިބްރިޑް އުސޫލުން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ލިސްޓު އެކުލަވާލުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
- އެޕްލައިޑް ޕްރޮޖެކްޓް ސަޕޯޓް: އެޕްލައިޑް ޕްރޮޖެކްޓްގެ ރަޖިސްޓްރޭޝަން، ރެފަރެންސް ލިޔުންތައް، ސުޕަވައިޒަރުންގެ މާކްސް ޝީޓް، ސެމިނާރ އަދި ފައިނަލް ޕްރެޒެންޓޭޝަންތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
- ސްޓޫޑަންޓް ޕެނަލް: ކޯސް ކޯޑިނޭޓަރުންނާ ގުޅިގެން ބެޗް ރެޕްރެޒެންޓެޓިވުންގެ ލިސްޓު އެކުލަވާލައި،، ކޮންމެ ސެމެސްޓަރަކު ޕެނަލްގެ 3 ބައްދަލުވުން އިންތިޒާމުކުރުން.
- ފަސްޓް އެއިޑް: ދަރިވަރުންނަށް ދިމާވާ ޞިއްޙީ ކުއްލި ހާލަތްތަކުގައި ފުރަތަމަ އެހީ ފޯރުކޮށްދިނުމާއި، ކަމާބެހޭ މަރުކަޒުތަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުން.
4. އެކަޑަމިކް އަދި ލެކްޗަރަރއިންނަށް ފޯރުކޮށްދޭ އެހީތެރިކަން
- ލެކްޗަރަރއިންގެ އިދާރީ ކަންކަން: ޕިޖަންހޯލްތައް ތައްޔާރުކުރުމާއި، ކިޔަވައިދިނުމަށް ބޭނުންވާ ލިޔެކިޔުންތައް ޕްރިންޓް/ފޮޓޯކޮޕީ ކޮށްދިނުމާއި، ކްލާސް ކެންސަލްވުމާއި ރީޝެޑިއުލް ކުރުމުގެ ކަންކަން ރެކޯޑުކޮށް ކުލާސްރޫމް ބުކިންގ ހަމަޖެއްސުން.
- ޓްރެކިންގ އަދި މާކްޝީޓް: އެޗް.އޯ.ޑީންގެ އިރުޝާދުގެ ދަށުން އެސެސްމަންޓް ޓްރެކިންގ، މާކްޝީޓް ސްޓޭޓަސް ޝީޓް ފަދަ ރެކޯޑްތައް ބެލެހެއްޓުމާއި، މާއްދާތަކުގެ މާކްޝީޓްތައް ތައްޔާރުކޮށް ލެކްޗަރަރއިންނަށް ފޮނުވުމާއި، މާކްސްތައް އެއްކުރުން.
- ދަރިވަރުންގެ ރަސްމީ ލިޔުންތައް: އެސައިންމަންޓް، ޕްރޮޖެކްޓް އަދި ތީސިސްތަކަށް ބޭނުންވާ ސިޓީތަކާއި ރެފަރެންސް ލިޔެކިޔުންތައް ތައްޔާރުކޮށް ދޫކުރުން.
- ދަތުރުފަތުރާއި ވިސާ: ކެމްޕަސްތަކަށް ދަތުރުކުރާ ލެކްޗަރަރއިންގެ ޓިކެޓާއި ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ވިޒިޓިންގ ލެކްޗަރަރއިންގެ ވިސާ އަދި އިންޝުއަރެންސްގެ ކަންކަން ފުރިހަމަކުރުން.
- ފީލްޑް ޓްރިޕް: ދަރިވަރުންގެ ފީލްޑް ޓްރިޕްތަކާ ގުޅިގެން އެކައުންޓްސްއާ މުޢާމަލާތްކޮށް ބަޖެޓާއި ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުން.
5. ކޮމިޓީތަކާއި ބައްދަލުވުންތައް އިންތިޒާމުކުރުން
- އެކަޑަމިކް ރިވިއު ކޮމިޓީ (އޭ.އާރް.ސީ): ބައްދަލުވުން އިންތިޒާމުކުރުން، ޔައުމިއްޔާ ލިޔުން، މާސްޓަރ އޭ.އާރް.ސީ ޝީޓް އަދާހަމަކުރުން އަދި ނިންމުންތައް ދަރިވަރުންނާއި ކަމާބެހޭ ފަރާތްތަކަށް އެންގުން.
- ފެކަލްޓީ ކަރިކިއުލަމް ކޮމިޓީ: ހަފްތާ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ޔައުމިއްޔާއާއި ރިޒޮލިއުޝަންތައް ލިޔުމާއި، ސެނެޓް ނުވަތަ ސީ.އޯ.ސީ (COC) އަށް ހުށަހަޅަންޖެހޭ ބައިތައް ފޮނުވުން.
- ޑިސިޕްލިނަރީ ކޮމިޓީ: ބައްދަލުވުންތައް ބޭއްވުމާއި، ޔައުމިއްޔާ ލިޔުމާއި، ނިންމުންތައް އަންގާ ސިޓީތައް ޑްރާފްޓްކޮށް ކަމާބެހޭ ފަރާތްތަކަށް (ޑީން، ރެޖިސްޓްރާ) ފޮނުވުމާއި ރެކޯޑު ބެލެހެއްޓުން.
- އެހެނިހެން ކޮމިޓީތައް: ޑިޕާޓްމަންޓް ބައްދަލުވުންތަކާއި، މެނޭޖްމަންޓް، ކޮލިޓީ އަދި އެޑްވައިޒަރީ ކޮމިޓީތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި، ހާޒިރީ ބެލެހެއްޓުމާއި ޔައުމިއްޔާ ލިޔެ ފައިލްކުރުން.
6. އިމްތިހާނުތަކާ ގުޅޭ އިދާރީ ކަންކަން ބެލެހެއްޓުން
- އިންތިޒާމުތައް ހަމަޖެއްސުން: މިޑް-ސެމެސްޓަރ އަދި ފައިނަލް އިމްތިޙާނުތަކުގައި ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން، ފެކަލްޓީ ފެންވަރުގައި ބާއްވާ އިމްތިހާނުތަކުގައި، އިމްތިޙާނު ހޯލު ބެލެހެއްޓުމުގައި (އިންވިޖިލޭޝަން) އެހީތެރިވުން.
- އިމްތިހާނު ކަރުދާސްތައް ބެލެހެއްޓުން: އިމްތިހާނު ނިމުމުން ކަރުދާސްތައް އެއްކޮށް، މާކުކުރުމަށް ލެކްޗަރަރއިންނާ ހަވާލުކުރުމާއި، މޮޑަރޭޝަނަށް ބޭނުންވާ ކަރުދާސްތައް ސްކޭންކޮށް އީމެއިލްކުރުން.
- އަރުޝީފުކުރުމާއި ރީމާކިންގ: މާކުކޮށް ނިމުމުން އިމްތިހާނު ކަރުދާސްތައް ރައްކާތެރިކަމާއެކު އަރުޝީފުކުރުމާއި، ދަރިވަރުންގެ ރީމާކިންގ އަދި ޕޭޕަރ ރިވިއުއާ ގުޅޭ އިދާރީ މަސައްކަތްތައް ފުރިހަމަކުރުން.
7. ޢާންމު އިދާރީ ހިންގުމާއި، މުޢާމަލާތުކުރުން އަދި ރިސެޕްޝަން ބެލެހެއްޓުން
- ރިސެޕްޝަން އަދި ކަސްޓަމަރ ސަރވިސް: ފެކަލްޓީގެ ރިސެޕްޝަން ބެލެހެއްޓުމާއި، މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށް މަރުހަބާ ކިޔައި ޖަވާބުދާރީވުން.
- މުޢާމަލާތްތައް ބެލެހެއްޓުން: ފެކަލްޓީގެ އިދާރީ އޮފީހަށް ލިބޭ ސިޓީތަކާއި އީމެއިލްތައް އެންޓްރީކޮށް ބެލެހެއްޓުމާއި، ރަސްމީ ސިޓީތައް ޑްރާފްޓްކުރުމާއި، ދަރިވަރުންގެ ސިޓީ/އީމެއިލްތަކަށް ވަގުތުން ޖަވާބުދިނުން.
- މަޢުލޫމާތު ހިއްސާކުރުން: ޓައިމްޓޭބަލްތަކާއި، ކެންސަލްވާ/ރީޝެޑިއުލްވާ ކްލާސްތަކާއި، މުހިންމު އިޢުލާންތައް ނޯޓިސްބޯޑު، ޓެލެގްރާމް، އަދި ވެބްސައިޓް މެދުވެރިކޮށް ދަރިވަރުންނާ ހިއްސާކުރުން.
- އިދާރީ މާސްޓަރ ޓްރެކަރ: ޑިޕާޓްމަންޓްގެ މަސައްކަތްތައް މޮނިޓަރކުރުމަށްޓަކައި އެކުލަވާލާ މާސްޓަރ ޓްރެކަރތައް ތައްޔާރުކޮށް، ގަވާއިދުން އަދާހަމަކޮށް ހިއްސާކުރުން.
- އޮފީސް ހުޅުވައި ލެއްޕުން: ރަސްމީ ގަޑިތަކުގައި އޮފީސް ހުޅުވައި ލެއްޕުމާއި، ޝިފްޓް ޑިއުޓީތަކާއި (ބްލޮކް ޓީޗިންގ، ރޭގަނޑު، އަދި ބަންދު ދުވަސްތައް ހިމެނޭހެން) ކުއްލި ހާލަތްތަކުގައި (ކަރަންޓު/އިންޓަރނެޓް މައްސަލަތައް، ފެންބޮޑުވުން ފަދަ) އިސްނަގައިގެން ފިޔަވަޅު އެޅުން.
- އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހީތެރިވުން: އެހެން އިދާރީ މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ހާލަތްތަކުގައި އެ މުވައްޒަފެއްގެ މަސައްކަތްތަކާ ވަގުތީގޮތުން ހަވާލުވެ މަސައްކަތް ކުރިއަށް ގެންދިއުން.
8. ޚާއްޞަ އިވެންޓްތަކާއި ޕްރޮޖެކްޓް ސަޕޯޓް
- އޮރިއަންޓޭޝަން އަދި އިންޑަކްޝަން: އަލަށް ގުޅޭ ދަރިވަރުންނާއި، ވިޒިޓިންގ ލެކްޗަރަރއިންނާއި، އައު މުވައްޒަފުންގެ އޮރިއަންޓޭޝަން އަދި އިންޑަކްޝަން ސެޝަންތައް ރާވައި ހިންގުމުގައި އިދާރީ އެހީތެރިކަން ދިނުން.
- ގެސްޓް ލެކްޗަރތަކާއި އިވެންޓްތައް: ފެކަލްޓީން އިންތިޒާމުކުރާ ގެސްޓް ލެކްޗަރތަކާއި، ކޮންފަރެންސްތަކާއި، ވޯކްޝޮޕްތައް އަދި ދަރިވަރުންގެ ހަރަކާތްތައް އިންތިޒާމުކުރުން.
- މާކެޓިން: މާކެޓިންގ ޑިޕާޓްމަންޓާ ގުޅިގެން ކޯސްތައް ޕްރޮމޯޓްކުރުމާއި، ކުރު މުއްދަތުގެ ޕްރޮގްރާމްތަކުގެ ސަނަދުތައް ތައްޔާރުކުރުން.
- ސަނަދު ތައްޔާރު ކުރުން: ފެކލްޓީ ތެރޭގައި ހިންގާ ސެމިނަރ ފަދަ ކަންކަމަށް ބޭނުންވާ ސަނަދު ތައްޔަރުކޮށް ދިނުން.
- ޕްރޮޖެކްޓް ސަޕޯޓް: ފެކަލްޓީން ހިންގާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޕްރޮޖެކްޓްތަކާއި މުއައްސަސާގެ ޤައުމީ އަދި ބައިނަލްއަޤްވާމީ ޕްރޮގްރާމްތަކަށް ބޭނުންވާ ފުރިހަމަ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
|