ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2026/60
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:51
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުން މަނާ ސަރަހައްދުތަކެއް ކަނޑައެޅުން.
އެއްގަމު އުޅަނދު ދުއްވުން މަނާ ސަރަހައްދުތަކެއް ކަނޑައެޅުން:
ރަށުގައި ގާއިމްކޮށްފައިވާ ޕާކްތަކާއި، މައިޒާންތަށް ރައްކާތެރިކޮށް ބެލެހެއްޓުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކޮނޑޭގެ އިޖުތިމާއީ ސަރަހައްދުތަކުގެ ތެރެއިން ބައެއް ސަރަހައްދުތަކަކީ އެއްގަމު އުޅަނދު ދުއްވުން މަނާ ސަރަހައްދުތަކެއްގެ ގޮތުގައި ކައުންސިލްގެ 05 ވަނަ ދައުރުގެ 17 ވަނަ ބައްދަލުވުމުން ވަނީ ކަނޑައަޅާފައެވެ.
އެއްގަމު އުޅަނދު ދުއްވުން މަނާ ސަރަހައްދުތައް:
- ބަނދަރު ހިޔާ އިންފާރުގެ އެތެރެ.
- ވެވު ސަރަހައްދު.
- މަލަރީތިވިއު.
- ދިގުމަގު އުތުރު ކޮޅު ޓޫރިސްޓު ބީޗް ސަރަހައްދު.
- ލައިމްބީޗް އަދި މާގަސް އިންދާފައިވާ ސަރަހައްދު.
ވީމާ، ރަށުގެ އިޖުތިމާއީ ސަރަޙައްދުތައް ރައްކާތެރިކޮށް، ރީތިކަން ދެމެހެއްޓުމަށް އެންމެހައި ފަރާތްތަކުންވެސް މި ނިންމެވުމަށް އިޙްތިރާމްކުރައްވައި، މަތީގައިވާ ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ނުދުއްވުމަށް އަންގައި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
10 ސެޕްޓެންބަރު 2026