ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2026/77
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 20 ސެޕްޓެންބަރު 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހަން ދަސްކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ނ. ކެނދިކުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (WDC) އިން އިސްނަގައިގެން، ނ.ކެނދިކުޅުދޫ ރައްޔިތުން ބާރުވެރިކުރުމަށާއި، ފެހުމުގެ ދާއިރާއިން ހުނަރުވެރި ބަޔަކު ބިނާކުރުމުގެ މަޤުޞަދުގައި "ފަހަން ދަސްކޮށްދޭ ޕްރޮގްރާމް" އެއް އަންނަ އޮކްޓޫބަރު މަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފެހުމުގެ ދާއިރާއިން މަޤްބޫލުކަން ހޯދާފައިވާ ތަޖުރިބާކާރު ޓްރެއިނަރ ޢާއިޝަތު ޝިފްޒާ (Shif Couture) ގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ހަވީރީ ހެދުމުގެ އެކި ޑިޒައިންތައް ފަރުމާކޮށް ފަހާނެ މޮޅެތި އުކުޅުތައް ދަސްކޮށްދޭނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން 500/- (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ނެގިގެންދާނެއެވެ. އަދި ފެހުމަށް ބޭނުންވާ ފޮއްޗާއި އެހެނިހެން އެންމެހައި ތަކެތި ހަމަޖައްސަންވާނީ އެ ބައިވެރިއެއް އަމިއްލައަށެވެ.

ވުމާއެކު، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ލިންކް މެދުވެރިކޮށް 20 ސެޕްޓެންބަރ 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ. މީގެ އިތުރުން، ނަންނޯޓު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ކެނދިކުޅުދޫ ކައުންސިލްގެ ކައުންޓަރަށް ގުޅުއްވައިގެން ވެސް ރަޖިސްޓްރީވުމުގެ ފުރުޞަތު އޮންނާނެއެވެ.

           

ރަޖިސްޓްރޭޝަން ފޯމް: ފަހަން ދަސްކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވުން  

 

މި ޕްރޮގްރާމް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6560666 ނުވަތަ 9138123 ފޯނު ނަންބަރާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09 ސެޕްޓެންބަރު 2026