ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-CA/304/2026/81
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 27 ސެޕްޓެންބަރު 2026 13:30
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލީބިންތައް ކުއްޔަށް ދޫކުރުމަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު

ރ. ދުވާފަރުން މީގެކުރިން އެކި ބޭނުންތަކަށް ދޫކޮށްފައިވާ ކުލީބިންތަކުގެ މުއްދަތު ހަމަވެފައިވާތީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ތިރީގައިވާ ތާވަލުގައިވާ މަސައްކަތްތައް ކުރުމަށް އެ ބިންތައް އަލުން ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

#

ބިންދޫކުރާ ބޭނުން (ބިމުގައި ކުރެވޭނެ މަސައްކަތް)

ބިންދޫކުރެވޭ މުއްދަތު

އެންމެ ދަށް އަގު (އަކަފޫޓަކަށް މަހަކު)

1

އާންމު ވިޔަފާރި

15 އަހަރު

1.00 ރ

2

ލައިޓް އިންޑަސްޓްރީ (ގައުއެޅުން، ވޯކްޝޮޕް އަދި ވަޑާން ކުރުން)

10 އަހަރު

1.00 ރ

3

މަސްކައްކާ ހިއްކުން

10 އަހަރު

0.50 ލ

4

އިންޑަސްޓްރިއަލް މަސައްކަތް (ލަނޑާ މަސައްކަތް / ލޮނުމަސްއެޅުން)

10 އަހަރު

1ރ 10 ލ

 

ކުރިމަތިލެވޭނެ ފަރާތްތައް:

  1. މި ބިންތަކަށް ބިޑް ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިފައިވާ ރ. ކަނދޮޅުދޫ އަދި ރ. ދުވާފަރުގެ ރައްޔިތުންނަށެވެ.
  2. ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވްސް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ބިޑް ހުށަހެޅޭނީ އެ ވިޔަފާރިއަކީ ރ. ދުވާފަރު ނުވަތަ ރ. ކަނދޮޅުދޫ ރަޖިސްޓްރީގައިވާ މީހެއްގެ ނަމުގައިވާ ވިޔަފާރިއަކަށް ވާނަމައެވެ.

ޕޮއިންޓް ދިނުމުގެ އުޞޫލު:

  1. ހުށަހަޅާ އަގަށް: 70 ޕޮއިންޓް.
  2. ކުރިން ބޭނުންކުރި ބިމުގެ ކުލި ދައްކާ ޚަލާޞްކޮށްފައިވުމަށް: 20 ޕޮއިންޓް. (މި ޕޮއިންޓް ދެވޭނީ ކުރިން އެފަރާތާ އެކު އެއްބަސްވުން ހަދާފައިވާ ބިމަށް އެކަނި ބިޑް ހުށަހަޅާ ހާލަތުގައެވެ. ކުރިން ބިން ގެންގުޅުނު ފަރާތް ނިޔާވެފައިވާނަމަ، އެ ފަރާތުގެ ޝަރުޢީ ވާރިޘުންނަށް މި ޕޮއިންޓް ލިބޭނެއެވެ.)
  3. ވިޔަފާރި ކުރުމުގެ ހުއްދައަށް: 10 ޕޮއިންޓް.

 

ބިޑް ޑޮކިއުމަންޓް ވިއްކުމާއި މަޢުލޫމާތު ސާފުކުރުން:

  • ބިޑް ފޮތް ވިއްކުން:  14 ސެޕްޓެމްބަރ 2026 އިން ފެށިގެން 27 ސެޕްޓެމްބަރ 2026 އަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި އިދާރާގެ ރިސެޕްޝަނުން ބިޑް ފޮތް ވިއްކާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއެވެ.
  • މަޢުލޫމާތު ދިނުމުގެ ބައްދަލުވުން:28 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާ ނުވަތަ މިއިދާރާއިން އަންގާ ތަނެއްގައިއެވެ.
  • ބިޑް ހުށަހެޅުން: 11 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މި އިދާރާއަށް ނުވަތަ މިއިދާރާއިން އަންގާ ތަނަކަށް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރު 6582701 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

10 ސެޕްޓެންބަރު 2026