ދިވެހިރާއްޖެ
މި އިޢުލާންވަނީ 10 ސެޕްޓެންބަރު 2026 13:44 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
އިސްރަށްވެހިންނަށް ދޫކުރާ ޚާއްސަ ލައިސަންސް ދޫކުރުމާއި ގުޅޭ.
އިސްރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ޚާއްސަ ލައިސަންސް މިރަށުގައި ދިރިއުޅުއްވާ އިސްރަށްވެހިންނަށް މިއިދާރާއިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
މިލައިސަންސް އަށް އެދިލައްވާ އިސްރަށްވެހިންނަށް މިއިދާރާއަށް އެޕްލިކޭޝަންފޯމް ހުށައެޅުއްވުމަށް މިހާރުވަނީ ހުޅުވާލެވިފައެވެ. އެޕްލިކޭޝަންފޯމް ބަލައިގަތުމާއި ދޫކުރުމުގެ ކަންކަން ރަސްމީގަޑީގައި މިއިދާރާގައި ކުރިއަށް ގެންދާނެއެވެ. އަދި މިއިދާރާގެ އީމެއިލް [email protected] އަށް އެޕްލިކޭޝަންފޯމް ހުށަހެޅޭނެކަމުގައި ވެސް ދެންނެވީމެވެ. އެޕްލިކޭޝަންފޯމް މިއިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މިރަށުގައި ދިރިއުޅުއްވާ އިސްރަށްވެހިންގެ ތެރެއިން މި ޚާއްސަ ލައިސަންސް ބޭނުންވެލައްވާ ފަރާތްތަކުން މިއިދާރާއަށް އެޕްލިކޭޝަންފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ.