ޢާންމު މަޢުލޫމާތު
ނަންބަރު: 636-ާ/2026/7
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 22 ސެޕްޓެންބަރު 2026 11:00
ބަނޑިދޫ މެޖިސްޓްރޭޓް ކޯޓު، ދ.ބަނޑިދޫ
ދިވެހިރާއްޖެ
ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތަށް ވަންނަން ބޭނުންކުރާ މައި ދޮރުސެޓް ބަދަލުކުރުން

މި ކޯޓުގެ ޢިމާރާތުގެ އެތެރެއަށް ވަނުމަށް ބޭނުންކުރަމުންދާ މައި ދޮރުސެޓް އަމިއްލަ ތަކެތީގައި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2026 ދުވަހުގެ 13:00 އަށް މި ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެމަތިން އަގުބަލާފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

  • އަގުބަލާ ފޯމު ހުށަހަޅާ ތާރީޚް: 22 ސެޕްޓެމްބަރ 2026
  • އަގުބަލާ ފޯމު ހުށަހަޅާ ގަޑި: 11:00
  • އަގުބަލާ ފޯމު ހުށަހަޅަންޖެހޭތަން: ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓް

 

މި މަސައްކަތަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އަދި އަގުބަލާ ފޯމު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު، އެބޭފުޅަކު ތަމްސީލުކުރައްވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަހުބަލާ ފޯމު ހުށަހެޅުއްވުމަށް ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުބަލާ ފޯމު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަގުބަލާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

10 ސެޕްޓެންބަރު 2026