ދިވެހިރާއްޖެ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށްވަނީ ހަމަޖެހިފައިއެވެ. މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޯބަރ 2026 ވާ ހުކުރު ދުވަހުގެ ހަވީރުއެވެ. މި މަޢުރަޒުގައި ކާބޯތަކެއްޗާއި ދަނޑުވެރިން ރަށުގައި ހައްދާ ތަކެތި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި މަޢުރަޒުގައި ބައިވެރިވާ ބޭފުޅުންގެ އަތުން ފީއެއްގެ ގޮތުގައި ކޮންމެ މޭޒަކުން -/100 ރުފިޔާ ނެގޭނެއެވެ. އަދި މަޢުރަޒުގައި ބަހައްޓާ ކާބޯތަކެތި ހުންނަންވާނީ ސާފުތާހިރުކޮށް ރަނގަޅަށް ބަންދު ކުރެވިފައެވެ. ދަނޑުގޮވާމުގެ ބާވަތްތައް ހުންނަންވާނީ ރީއްޗަށް ދޮވެ ސާފުކޮށްފައެވެ. ކޮންމެ އައިޓަމެއްގައިވެސް ވަކިން ލޭބަލްކޮށް (އައިޓަމްގެ ނަން، އަގު އަދި ތަކެތީގެ މުއްދަތު ހަމަވާ ތާރީޙް) ޖަހާފައި ހުންނަންވާނެއެވެ.
ވީމާ، ކާބޯތަކެއްޗާއި ދަނޑުގޮވާމުގެ ބާވަތްތައް ހިމަނާ، މިމަޢުރަޒުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރަގެ ނަންބަރު 6584030 ނުވަތަ އ.ތ.މ ކޮމެޓީގެ ރައީސާ ނަސްމާ އިބްރާޙީމް ރަޝީދުގެ ނަންބަރު 9443179 އަށް ގުޅުއްވާ ނަން ނޯޓްކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.