މަސައްކަތް
ނަންބަރު: 171-Y(FBM2)/IUL/2026/184
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 22 ސެޕްޓެންބަރު 2026 12:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
މި ޚިދުމަތުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާއަށް ކްރެޑިޓް އުސޫލުން ބޭސްފަރުވާ ކޮށްދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޖެކްޓް ނަންބަރު

PC-171/2026/T468

 އިޢުލާން ނަންބަރު

171-Y(FBM2)/IUL/2026/184

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ކްރެޑިޓް އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދޭނެ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ހޯދަން ބޭނުންވެއެވެ. ވީމާ، ކްރެޓިޑް އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ. 
  2. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ.
  3. މި އިޢުލާނާއި ގުޅިގެން ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2026 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ 12:00  އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. މި އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށައެޅުމަށް ބޭނުންވާ މަޢުލޫމާތު ރެޖިސްޓްރީވާ ފަރާތްތަކަށް ޙިއްސާކުރެވޭނެއެވެ.
  5. ޕްރޮޕޯސަލް މެއިލްކުރުމަށް ހަމަޖެހިފައިވާ އެންމެ ފަހު ވަގުތަކީ  2026 ސެޕްޓެންބަރު 27 ވަނަ ދުވަހުގެ 14:00  އެވެ. 
  6. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2026 ސެޕްޓެންބަރު 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.
  • ޕްރޮކިއުމަންޓް
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
  • ފޯން: 9790052
  • އީ-މެއިލް: [email protected]
  • ކޮޕީ: [email protected]
10 ސެޕްޓެންބަރު 2026