ތަމްރީނު
ނަންބަރު: (IUL)22-HE/22/2026/231
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 21 ސެޕްޓެންބަރު 2026 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
SDGs Global Leader Programme 2027

ޤައުމު: ޖަޕާން

2 މާސްޓަރސް (2 އަހަރު)   

2 ޕީ. އެޗް.ޑީ (3 އަހަރު)   

ކޯހުގެ ލެވެލް އަދި ޢަދަދު:

މާސްޓަރސް ޑިގްރީގެ ޝަރުތު:

  1. ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން.
  2. 1 އެޕްރިލް 2027 އަށް 35 އަހަރު ނުވުން.
  3.  TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން. ( IELTS/ TOEFL ސެޓްފިކެޓް ލިބިފައިނުވާ ފަރާތްތަކުންނާއި، ސެޓްފިކެޓްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން، ކުރިމަތިލާ ކޯހަށް  IELTS/ TOEFL ސެޓްފިކެޓް ބޭނުންވާނަމަ، އެކޯހެއް ހިންގާ ޔުނިވަރސިޓީއަށް އީމެއިލްކުރައްވާ އެކަމުގައި އެބޭފުޅުން ދެކިލައްވާ ގޮތެއް ސާފުކުރުމަށް ކަމާބެހޭ ފަރާތުން ވަނީ އަންގަފާވައެވެ.
  1. ސިވިލް ސަރވިސްގެ މުވައްޒަކަށް ނުވަތަ އެކަޑެމިކް ރިސާޗަރއަކަށްވުން.
  2. ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތަކަށްވުން.  
  3. މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ގައިޑްލައިން އަދި ޖައިކާ ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން.

ޕީ.އެޗް.ޑީ ޑިގްރީގެ ޝަރުތު:

  1. ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުން.
  2. 1 އެޕްރިލް 2027 އަށް 40 އަހަރު ނުވުން.
  3. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން.
  4. ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތަކަށްވުން.
  5. މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ގައިޑްލައިން އަދި ޖައިކާ ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން.

 

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)
  3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ
  5. ފުރިހަމަކޮށްފައިވާ ޖައިކާ އެޕްލިކޭޝަން ފޯމް (އެޕެންޑިކްސް 2 އަދި 3)
  6. ވަޒީފާ ތަޖުރިބާ ލިޔުން
  7. ވަޒީފާ އަދާކުރާ ތަނުން ސްކޮލަޝިޕްގައި ބައިވެރިވުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
  8. ޕާސްޕޯޓް ސައިޒް 2 ފޮޓޯ (ނޮމިނޭޓްވުމުން ހުށައެޅުމަށް)
  9. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން
  10. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް

ހުށަހަޅަންޖެހޭ ތަކެތި:

* މި ސްކޮލަރޝިޕްއާއި ގުޅޭ އިތުރު މަޢުލޫމާތު މި މިސްޓްރީގެ ވެބްސައިޓްއިން ލިބެންހުންނާނެއެވެ.

* މި މިނިސްޓްރީއަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން 4 ކެންޑިޑޭޓުން މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭނެއެވެ. އަދި އެކެންޑިޑޭޓުންގެ އެޕްލިކޭޝަންތައް ކަމާބެހޭ ފަރާތަށް ހުށަހެޅޭނެއެވެ. މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުންނެވެ.

* މި ސްކޮލަޝިޕްގެ ދަށުން ލިބޭ ޚަރަދުތަކުގެ ތަފްޞީލް އިޢުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓްއިން ލިބެން ހުންނާނެއެވެ.

* މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުން، މިނިސްޓްރީ އިން އެދުމުން އެޕްލިކޭޝަން ފޯމާއި، އެހެނިހެން ސަޕޯރޓިންގ ޑޮކިއުމެންޓްގެ ކޮޕީ 29 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 13:30ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

* އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާ ކޯހާއި، ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) ނުވަތަ ރާއްޖޭގައި މަސައްކަތް ކުރުމުގެ ލައިސަންސްދޭ އެހެނިހެން އިދާރާތަކުން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ކޯހެއްތޯ ކަށަވަރު ކުރަންވާނެއެވެ.

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ފަރާތްތަކަށް މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

*މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

އިތުރު މަޢުލޫމާތު:

އޮންލައިން އެޕްލިކޭޝަން ހުށަހެޅުން: 21 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން.

ސުންގަޑި:

އެޕްލިކޭޝަން ހުށަހަޅާނީhttps:// kuri.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ޕޯޓަލް   https:// kuri.gov.mv އިންނާއި ޖައިކާގެ ވެބްސައިޓް https://www.jica.go.jp/english/activities/schemes/dsp-chair/index.html 

 އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

10 ސެޕްޓެންބަރު 2026