Public Information
Number: (IUL)405-A/2026/30
Published Date: 10 Sep 2026
Published Time: 12:31
Deadline: 20 Sep 2026 00:00
Secretariat of the Kunahandhoo Council, Hadhdhunmathi
Maldives
ރަށުގެ އެކި ސަރަހައްދު ތަކުގައި ރުއްގަސް އިންދުމާއި ގުޅޭ

އިޢުލާން

 

ރަށުގެ އެކި ސަރަހައްދު ތަކުގައި ރުއްގަސް އިންދުމާއި ގުޅޭ

 

                 ރަށުގެ އެކި ސަރަހައްދު ތަކުގައި ކައުންސިލްގެ ހުއްދަ ނެތި ބައެއް ފަރާތްތަކުން ރުއްގަސް އިންދާ ކަމުގެ ސަކުވާ މި ކައުންސިލަށް ދަނީ ލިބެމުންނެވެ. އެހެންކަމުން ކައުންސިލްގެ ހުއްދަ ނެތި އެއްވެސް ސަރަހައްދެއްގައި ރުއްގަސް އިންދުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. އަދި މި އަހަރުތެރޭގައި މި ކައުންސިލުން ހުއްދަނެތި ރުއްގަސް އިންދި ފަރާތްތަކުން ރުއްގަސް ނަގައިގެން ގެންދިއުމަށް ދަންނަވަމެވެ.

                ވީމާ، މަތީގައި ބަޔާންކުރި މުއްދަތުގެ ތެރޭގައި ކައުންސިލުގެ ހުއްދަ ނުހޯދާ ރަށުގެ މަގުތަކާއި އިޖުތިމާއީ ސަރަހައްދުގެ ގޮތުގައި ކައުންސިލުން ސާފްކޮށް ބަލަހައްޓަމުން ގެންދާ ސަރަހައްދު ތަކުގައި އިންދާފައިވާ ރުއްގަސް 20 ސެޕްޓެމްބަރ 2026ގެ ކުރިން ނަގައި ތަންސާފްކުރުމަށް ދަންނަވަމެވެ. އަދި ކުރިއަށް އޮތްތަނުގައި ކައުންސިލުން ހުއްދަ ހޯދައިގެން ނޫން ގޮތަކަށް އެފަދަ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވަމެވެ.

09 Sep 2026