މަސައްކަތް
ނަންބަރު: GS135/IUL/2026/14
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 17 ސެޕްޓެންބަރު 2026 13:00
ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
މި ސްކޫލްގެ އޮފިޝަލް ޔުނީފޯމުގެ ޓައީ ތައްޔާރުކޮށް ސްކޫލަށް ފޯރުކޮށްދިނުން

މި ސްކޫލްގެ ދަރިވަރުންގެ ރަސްމީ ޔުނީފޯމާއެކު ބޭނުންކުރާ ޓައީ ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ދޭ ބައްދަލުވުމުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެއްވުން އެދެމެވެ. 

 މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް  އަންދާސީ ހިސާބު ހުށައަޅާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.

  1. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 10 ސެޕްޓެމްބަރ 2026 ން 17 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. މަޢުލޫމާތު ދޭ ސެޝަނުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  2. " ރަޖިސްޓްރީ ފޯމް"ގެ ލިންކު: https://forms.gle/88UxyZKzxHfRAcaz9
  3. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާންގެ 9 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  4. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި ބ.މާޅޮހު ސްކޫލުގައެވެ.
  5. އަންދާސީ ހިސާބު ހުށަހެޅުމާއި  ހުޅުވުން އޮންނާނީ 24 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ބ.މާޅޮހު ސްކޫލްގައެވެ.
  6. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ
10 ސެޕްޓެންބަރު 2026