މުބާރާތް
ނަންބަރު: (IUL)382-CA/382/2026/40
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 10 ސެޕްޓެންބަރު 2026 13:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމިޓީގެ ބަށި މުބާރާތް 2026

                   ބުރުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމު ކޮށްގެން ބުރުނީގައި ބަށި މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ކަނބަލުންގެ ހުނަރު ކުރިއެރުވުމަށާއި ކުޅިވަރު ކުޅުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ކުޅިވަރުކުޅުމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ މަޤްސަދުގައި ބޭއްވޭ މުބާރާތެކެވެ.

                   މުބާރާތް ފެށުމަށް ތާވަލު ކުރެވިފައިވަނީ 17 އޮކްޓޫބަރު 2026 ގައެވެ. މުބާރާތް ކުރިއަށް ގެންދިމަށް ހަމަޖެހިފައިވަނީ މަދުވެގެން 3 ޓީމް މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓްކޮށްފައި ވާނަމައެވެ.

މުބާރާތުގައި ހޮވޭ ވަނަތައް:

  1. މުބާރާތުގެ ޗެންޕިއަން ޓީމް (ޓްރޮފީ، ހަނދާނީ ލިޔުން، -/3000 ރުފިޔާގެ ފައިސާގެ އިނާމް)
  2. މުބާރާތުގެ ރަނަރއަޕް ޓީމް (ޓްރޮފީ، ހަނދާނީ ލިޔުން، -/1000 ރުފިޔާގެ ފައިސާގެ އިނާމް)
  3. މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާ (ޓްރޮފީ، ހަނދާނީ ލިޔުން)
  4. މުބާރާތުގެ އެންމެ މޮޅު ހިފުންތެރިޔާ (ޓްރޮފީ، ހަނދާނީ ލިޔުން)
  5. މުބާރާތުގެ އެންމެ މޮޅު 9 ކުޅުންތެރިން (ޓްރޮފީ، ހަނދާނީ ލިޔުން)
  6. މުބާރާތުގެ އެންމެ މޮޅު ކޯޗް (ޓްރޮފީ، ހަނދާނީ ލިޔުން)
  7. މުބާރާތުގެ ބަށި ރާނި (ތާޖު، ހަނދާނީ ލިޔުން)

 

ނޯޓް:

  • މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގެ ޤަވާއިދު މިއިޢުލާނާއެކު އާއްމުކުރެވިފައިވާނެއެވެ.
  • މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 20 ސެޕްޓެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00 އެވެ.

                    ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ސެޕްޓެންބަރު 2026