ދިވެހިރާއްޖެ
ބިޑު ހުށަހެޅުމުގެ ދަޢުވަތު
ޕްރޮޖެކްޓު ނަންބަރު: TES/2026/W-021
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެދިލެއްވުމުގެ މަތިން، އއ. ތޮއްޑޫގައި އެމް.އެންޔޫ ކެމްޕަސް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ބީލަން ކުރިއަށްގެންދިއުމުގައި ޢަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ތިރީގައިވާ ކަންތައްތައް ހިމެނޭހެންނެވެ:
- މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތައް؛
މި ބީލަމުގައި ބައިވެރިވެވޭނީ އެ ރަޖިސްޓަރީގެ GC01 ގެ ގްރޭޑް 6, 5, 4, 3, 2, 1ނުވަތަ 7 އަށް ޝަރުޠުހަމަވާ ކޮންޓްރެކްޓަރުންނަށެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ".
3. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023) އާއި އެ ގަވާއިދުގެ އެންމެހާ އިސްލާޙުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑިންގ ޑިކުއުމަންޓުގައި ބަޔާންކުރެވިފައިވާނެއެވެ.
4. މި ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 10 ސެޕްޓެންބަރު 2026 އިން 21 ސެޕްޓެންބަރު 2026 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.
5. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން 10 ސެޕްޓެންބަރު 2026އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަންތަކާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
6. ޕްރޮޖެކްޓުތަކުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 272,000.00 ރ (ދެ ލައްކަ ހަތްދިހަ ދެ ހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
7. ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 10:00:00ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ބިޑިންގ ޑޮކިއުމެންޓުގައި ބަޔާންކޮށްފައިވާނެއެވެ.
8. މި ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 20 ސެޕްޓެންބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
9. މި މަސައްކަތްތަކަށް ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 24 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00:00ގެކުރިންނެވެ. އަދި މިޕްރޮޖެކްޓުތަކުގެ ބިޑު ހުޅުވުން އޮންނާނީ 24 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00:00ގައެވެ.
10. ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅޭނީ ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރައްވަންވާނެއެވެ. ބީލަންޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގައި ޢަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑެއް ބީލަން ޕޯޓަލް އިން(https://beelan.finance.gov.mv/) ލިބެން ހުންނާނެއެވެ. އަދި އެ ގައިޑްގައިވާ މަޢުލޫމާތާ އެއްގޮތަށް ބިޑު ހުށަހެޅުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމަކީ ބިޑު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ.
11. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން :3349147 960+ ,3349431 960+ ,3349117 960+
އީމެއިލް :[email protected]
ކޮޕީ :[email protected]