ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)23-PD(PMS)/23/2026/291
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 10:48
ސުންގަޑި: 15 ސެޕްޓެންބަރު 2026 12:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް ސްޓޮކްގައި ބޭނުންކުރުމަށްޓަކައި ހަރު ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް ސްޓޮކްގައި ބޭނުންކުރުމަށްޓަކައި ހަރު ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

 ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ސެޕްޓެންބަރ 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން  [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގު، މުއްދަތު ، ކުންފުނީގެ ސީލް އަދި ވެރިފަރާތުގެ ސޮއި ހިމަނާފައި އޮންނަންވާނެއެވެ. ކޯޓޭޝަން ވެލިޓިޓީގެ ގޮތުގައި 30 ދުވަސް އޮންނަންވާނެއެވެ.ސައިޓް އިންސްޕެކްޝަން ހެދުމަށް ބޭނުންވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މަންހަޓަން ގުރޭންޑް ހޮޓެލް، 2 ވަނަ ފަންގިފިލާ، ފިތުރޯނުމަގު، ހުޅުމާލެ ފޭސް-1 އަށް ވަޑައިގެންއެދެމެވެ.

 

  މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

10 ސެޕްޓެންބަރު 2026