މަސައްކަތް
ނަންބަރު: (IUL)220-AS/1/2026/88
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 23 ސެޕްޓެންބަރު 2026 14:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ ޑިޕާޓްމަންޓުތައް ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން.

މި އޮތޯރިޓީގެ ޑިޕާޓްމަންޓުތައް ކުނިކަހައި ފޮޅައި ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

ތަން

މަޢުލޫމާތު ސާފުކުރުން

16 ސެޕްޓެންބަރު 2026

ބުދަ

14:00

ޓެކްސްޕޭޔަރ ސަރވިސް ސެންޓަރ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ގްރައުންޑް ފްލޯރ، އަމީނީމަގު، މާލެ

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން

23 ސެޕްޓެންބަރު 2026

ބުދަ

14:00

 

މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސާފުކުރުމުގެ ސެޝަނަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް މި އޮތޯރިޓީގެ އީމެއިލް ([email protected]) އަށް ރިކުއެސްޓް ކުރުމުން މަޢުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ. އަދި އެ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ވާހަކަ ދަންނަވަމެވެ. އީމެއިލްގެ ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3020478, 3339467 އަށް ގުޅުއްވުން އެދެމެވެ.

10 ސެޕްޓެންބަރު 2026