ކުއްޔަށް ދިނުން
ނަންބަރު: (IUL)374-C/374/2026/48
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 30 ސެޕްޓެންބަރު 2026 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ކުއްޔައްދޫކުރުމަށް

އެކިބާވަތްތަކުގެ ދަނޑުވެރިކަން ކުރުމަށް ދާއިމީ ދަނޑުބިމަށް އެދި ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އެގޮތުން މިފަހަރު ދޫކުރުމަށް ނިންމާފައިވަނީ ކާބޯތަކެތީގެ ބާވަތްތައް އިންދާ ހެއްދުމަށް 04 ދަނޑުބިމާއި ޕޯލްޓްރީ ފާމިންގެ މަސައްކަތް ކުރުމަށް 01 ދަނޑުބިމާއެކު 10000 (ދިހަހާސް އަކަފޫޓުގެ ޖުމުލަ 05 ދަނޑުބިމެވެ. ދަނޑުބިމާއި ގުޅޭ އިތުރު ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރާއި، ވެބުސައިޓާއި، ފޭސްބުކު ޕޭޖުގެ އިތުރުން ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 2026 ސެޕުޓެންބަރު 01 ވަނަ ދުވަހުން ފެށިގެން ރަސްމީގަޑީގައި މަޢުލޫމާތުކަރުދާސް ނެންގެވޭނެއެވެ.

ވީމާ، ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ސެޕުޓެންބަރ 30 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާއިންނާއި، މިއިދާރާގެ ވެބުސައިޓާއި( www.faafnilandhoo.gov.mv )، ފޭސްބުކު ޕޭޖުގެ އިތުރުން ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށް ފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ދާއިމީ ދަނޑު ބިން ލިބުންއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަންނާނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

27 ރަބީއުލްއައްވަލު 1448

9 ސެޕުޓެންބަރު  2026 

10 ސެޕްޓެންބަރު 2026