ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2026/78
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:18
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ފިނޭ ކައުންސިލްގެ ޤުރުއާން މުބާރާތަށް އިނާމު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން

ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމުގެ މާތް މަގުޞަދުގައި މި އިދާރައިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޤުރުއާން މުބާރާތް މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ އެކި އެކި ވަނަތަކަށް ދާ ފަރާތްތަކަށް އިނާމު ހުށައެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެފުރުޞަތު ހުޅުވާލަމެވެ. ފައިސާގެ އިނާމް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރެއްވުމަށްފަހު 9631519 އަށް ސްލިޕް ވައިބަރ ކުރެއްވުން އެދެމެވެ. އަދި ފައިސާގެ އިނާމު ހުށައަޅާ ވަނަ ތަކާއި އެ ވަނަތަކަށް އެ ފަރާތުން ހުށަހަޅާ ފައިސާގެ އަދަދުގެ ތަފްސީލް އެނގޭނެ ލިޔުމެއް ހުށަހެޅުމަށް ދަންނަވަމެވެ.

އެކައުންޓް ނަންބަރ:  7706700422001

އެކައުންޓް ނަން: 1297 REVENUE 1

10 ސެޕްޓެންބަރު 2026