ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 145-SP/2016/31
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 25 ފެބުރުވަރީ 2016 11:00
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ޕްރޮޖެކްޓަރ އަދި ޕްރޮޖެކްޓަރ ސްކްރީން ހޯދަން

އިޢުލާން

ކްރިމިނަލް ކޯޓަށް ޕްރޮޖެކްޓަރ އަދި ޕްރޮޖެކްޓަރ ސްކްރީން ހޯދަން ބޭނުންވެގެން ކުރެވުނު 2016/14/SP-ފ145 (26 ޖަނަވަރީ 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް މިންގަނޑަށް ނުފެތޭތީ އެ އަންދާސީހިސާބުތައް ބާޠިލުކޮށް، 02 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، ޕްރޮޖެކްޓަރ އަދި ޕްރޮޖެކްޓަރ ސްކްރީން ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 25 ވަނަ ދުވަހުގެ 11:00 އަށް ޖަސްޓިސް ބިލްޑިންގުގެ ގްރައުންޑް ފްލޯގައި ހުންނަ ކްރިމިނަލްކޯޓުގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހޯދަން ބޭނުންވާ ތަކެތީގެ މަޢުލޫމާތު ކްރިމިނަލް ކޯޓުގެ ވެބްސައިޓް www.criminalcourt.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7668281 ނަންބަރާ ގުޅުއްވުން އެދެމެވެ.

07 ޖުމާދަލްއޫލާ 1437

16 ފެބުރުވަރީ 2016