ބީލަން
ނަންބަރު: (IUL)365-ESD/365/2026/81
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 19:57
ސުންގަޑި: 22 ސެޕްޓެންބަރު 2026 11:30
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު މުލީ ކައުންސިލް އިދާރާގެ ލޭންޑް ސާރވޭގެ މަސައްކަތް ކުރުމަށް ބޭނުންވާ ޖީ.ޕީ.އެސް ސަރވޭ އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

އިޢުލާން

މުލަކަތޮޅު މުލީ ކައުންސިލް އިދާރާގެ ލޭންޑް ސާރވޭގެ މަސައްކަތް ކުރުމަށް ބޭނުންވާ ޖީ.ޕީ.އެސް ސަރވޭ އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ         

މުލަކަތޮޅު މުލީ ކައުންސިލް އިދާރާގެ ލޭންޑް ސާރވޭގެ މަސައްކަތް ކުރުމަށް ބޭނުންވާ ޖީ.ޕީ.އެސް ސަރވޭ އިކުއިޕްމަންޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 9 ސެޕްޓެންބަރު 2026 (ބުދަ) ދުވަހުން ފެށިގެން 15 ސެޕްޓެންބަރު 2026 ވާ (އަންގާރަ) ދުވަހުގެ 13:00 އާއި ހަމައަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކު: ރަޖިސްޓްރޭޝަން ފޯމް – Fill out form

ބީލަން ހުށަހެޅުން އޮންނާނީ 2026 ސެޕްޓެންބަރު 22 ވާ އަންގާރަ ދުވަހުގެ 11:30 ގައި މުލަކަތޮޅު މުލީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.

މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާހާއި، ބީލަން ފޮތް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މި ބީލަމާއިގުޅޭގޮތުން  އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ،  17 ސެޕްޓެންބަރު 2026 ވާ (ބުރާސްފަތި) ދުވަހުގެ 12:00ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް  [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

09 ސެޕްޓެންބަރު 2026