ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީއަށް އައި.ޓީ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމާބެހޭ
ތަޢާރަފު: މި އޮތޯރިޓީއަށް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އައި.ޓީ. ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)201-B/201/2026/3 (19 މޭ 2026) އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް ގެނެވިފައިވާތީ، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައި އިޢުލާން ކުރަމެވެ.
މަޢުލޫމާތު ސެޝަން:
|
ތާރީޚް: |
15 ސެޕްޓެންބަރު 2026 (އަންގާރަ) |
|
ގަޑި: |
ހެނދުނު 10:00 |
|
ތަން: |
މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ކޮންފަރެންސް ރޫމުގައި (ވެލާނާގޭ 2 ވަނަ ފަންގިފިލާ) |
މައުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް (ބިޑް ސަބްމިޝަން):
|
ތާރީޚް: |
21 ސެޕްޓެންބަރު 2026 (ހޯމަ) |
|
ގަޑި: |
ހެނދުނު 10:00 |
|
ތަން: |
މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ކޮންފަރެންސް ރޫމުގައި (ވެލާނާގޭ 2 ވަނަ ފަންގިފިލާ) |
ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައިވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.