ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިކައުންސިލް އިދާރާގައި ކުރަން ހުރި ބައެއް މަރާމާތު ތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި މިއިދާރާއިން ކުރި، ނަންބަރ:04 /2016/331 އިޢުލާނާއި ގުޅިގެން އަންދާސި ހިސާބު ހުށަހަޅުއްވާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، ކައުންސިލުންދޭ މަޢޫލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 22 ފެބްރުއަރީ 2016 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މިކައުންސިލްގެ އިދާރާ އަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 29 ފެބުރުއަރީ 2016 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
29 ރަބީއުލްއާޚިރު 1437