ދިވެހިރާއްޖެ
އިޢުލާން
ސްޓާފުރޫމް މަރާމާތު ކުރުމުގެ މަސައްކަތައް ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު
މި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތައް މި ސްކޫލުގެ ސްޓާފް ރޫމް އަމިއްލަ ތަކެތީގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށްފަހު މި މަސައްކަތް ކޮށްދޭނެ އަގު އަދި މުއްދަތު އެގޭނެގޮތަށް (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކޯޓޭޝަން ހުށައެޅުމަށް ދެންނެވީމެވެ.
މެއިލް އެޑްރެސް: [email protected]
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6520531 އަށް ގުޅުއްވުން އެދެމެވެ.
27 ރަބީޢުލްއައްވަލް 1448