ދިވެހިރާއްޖެ
(IUL)337-PP/337/2026/68 ނަންބަރު
އިޢުލާން
ކަނޑު އުޅަނދު ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ ޓެސްޓު ކުރާނެ އެގްޒަމިނަރުން ހޯދުން
ކ. މާފުށީގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓު ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މި އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތު ތަކުގައި ކަނޑައަޅާ ތަނެއްގައެވެ.
އެގްޒަމިނަރުން
ބޭނުންވާ ޢަދަދު:01
ޝަރުތު
ކަނޑުގެ ލައިސަންސް ނެގި ފަހުން މަދުވެގެން 1 އަހަރުދުވަހު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވުން.
ޢުމުރުން 50 އަހަރު ނުވާ މީހެއްކަމުގައިވުން.
ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއެކު ގިނަ ކެޓަގަރީ އޮތް ފަރާތެއްކަމުގައި ވުން.
އުޖޫރަ:
ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް 25/-ރުފިޔާ
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1. ކަނޑުގެ ލައިސަންސް ފޮތުގެ ކޮޕީ
2. ނިޔަމި ކަމުގެ ސަނަދު ކޮޕީ
3. އައިޑީ ކާޑުގެ ކޮޕީ
ވީމަ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ވަނަވަރާއެކު ފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެގްޒަމިނަރުކަމަށް ވުމަށް އެދި ހުށަހަޅާ ފޯމް މި އިޢުލާން އާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ. މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073/ 7201050 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
27 ރަބީޢުލްއައްވަލް 1448
09 ސެޕްޓެންބަރު 2026