ދިވެހިރާއްޖެ
މިއިދާރާގެ ކައުންސިލް އޮފިސަރ ގެ މަގާމަށް މީހަކު ހޯދުމަށްޓަކައި 30 އޮގަސްޓް 2026 ގައި މިއިދާރާއިން ކުރި، ނަންބަރ: (IUL)253-OU-08275/253/2026/33 ގެ އިޢުލާނުގައިވާ ކައުންސިލް އޮފިސަރގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓް މި އިޢުލާނާއެކު ބެހެއްޓިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މި ޝީޓްގައިވާ މަޢުލޫމާތާ ގުޅިގެން ނުވަތަ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ހުށަހެޅުމަކާ ގުޅިގެން ޝަކުވާއެއް އޮތްނަމަ 09 ސެޕްޓެމްބަރ 2026 ވަނަ ދުވަހުންފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރު 6500029 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
27 ރަބީޢުލްއައްވަލް 1448