ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)255/255/2026/47
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:09
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ. އުތީމުން ބަންޑާރަ ގޯތި ދޫކުރުމަށް ކުރި ނަންބަރު: (IUL)255/255/2025/34 އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ދާއިމީ ލިސްޓް އާންމުކުރުން
މިކައުންސިލްގެ ނަންބަރ (IUL)252/255/2025/34 (08 ޖުލައި 2025) އިއުލާނާއި ގުޅިގެން އުތީމުން ބަނޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ދާއިމީ ލިސްޓް މިއިޢުލާނާއެކު އާންމުކުރަމެވެ. އެގޮތުން، ގޯތިލިބޭ ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މިކައުންސިލުން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ސެޕްޓެންބަރު 2026