ބީލަން
ނަންބަރު: (IUL)246/246/2026/67
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 20 ސެޕްޓެންބަރު 2026 13:00
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްނޫރުގެ ވުޟޫކުރާބަޔާއި ފާޚާނާގެ މުށިތައް ނައްޓައި، އަލުން މުށިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން - (ދެވަނަ އިޢުލާން)

މަސްޖިދުއްނޫރުގެ ވުޟޫކުރާބަޔާއި ފާޚާނާގެ މުށިތައް ނައްޓައި، އަލުން މުށިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، މިރަށު މަސްޖިދުއްނޫރުގެ ވުޟޫކުރާބަޔާއި، އެ ބަޔާ އިންވެގެން ހުރި 2 ފާޚާނާގެ ތަޅުމާއި ފާރުގެ މުށިތައް ނައްޓައި، އަލުން މުށިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު 246/246/2026/63(IUL) (23 އޮގަސްޓް 2026) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.

މިސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ބީލަމުގައި ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓްރީ ކުރުން

16 ސެޕްޓެމްބަރ 2026

ބުރާސްފަތި

13:00

އަންދާސީ ހިސާބު ހުށައެޅުން

20 ސެޕްޓެމްބަރ 2026

އާދީއްތަ

13:00

 

ބީލަމުގައި ރަޖިސްޓްރީ ވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.cloud.microsoft/r/0tthxUdLGM?origin=lprLink

 

މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު، މި އިދާރާއަށް ލިބުނުކަން ކަށަވަރު ކުރެއްވުމަކީ ބީލަންވެރިންގެ ޒިންމާއެކެވެ. ބީލަން ތައްޔާރު ކުރައްވާނީ، މި ބީލަމުގައި ރަޖިސްޓްރ ވެލެއްވުމުން މި ކައުންސިލުން ދޭ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2026 ސެޕްޓެމްބަރު 16 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު، ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެނަން ލިޔުއްވަން ވާނެއެވެ.

ބީލަމުގައި ބައިވެރިވެ ލެއްވުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ސުންގަޑީގެފަހުން ހުށައަޅުއްވާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ކަރުދާސްތަކާއި ބީލަންފޮތް، އީމެއިލްގެ ޒަރީޢާއިން ފޯރުކޮށް ދޭނެއެވެ. އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް [email protected]   އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް  6500031 އަށް، ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

09 ސެޕްޓެންބަރު 2026