މަސައްކަތް
ނަންބަރު: B-MAI/IUL/2016/08
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 22 ފެބުރުވަރީ 2016 09:30
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
އެއަރކޯން ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

މިމަދަރުސާގެ އެއަރކޯން ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިމަދަރުސާގެ އެއަރކޮންޑިޝަންތަކުގެ ފިލްޓަރ ޔުނިޓް ދިގުމުއްދަތަކަށް ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާގެ 6 ވަނަ ފަންގިފިލާގެ މީޓިންގރޫމަށް (އަމީނިއްޔާ ސްކޫލުގެ ކުރިމަތި / ޗާނދަނީމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

22 ފެބުރުވަރީ 2015 (ހޯމަ) ދުވަހުގެ 9:30 އަށް

25 ފެބުރުވަރީ 2016 (ބުރާސްފަތި) ދުވަހުގެ 9:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3312401 ނަންބަރު ފޯނާއެވެ.

05 ޖުމާދަލްއޫލާ 1437

14 ފެބުރުވަރީ 2016