ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ ރެސިޑެންޓް ލާނިންގ ސެންޓަރ (ދަނާލް) ގެ 20 އެޕާޓްމަންޓްގެ ސިޓިންގރޫމަށް ދޮރުފޮތި ފަހައިދޭނެ ފަރާތެއް ހޯދަން ވެގެން ކުރެވުނު GS01/MIS/2016/12 އިޢުލާނަށް އެކަށީގެންވާ އަދަދަށް ޞައްޙަ އަންދާސީހިސާބު ހުށަހަޅާފައިނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ޕޮއިންޓް ދެވޭ އުސޫލު:
މަސައްކަތުގެ އަގު: %85
މުއްދަތު: % 10
ތަޖުރިބާ: %5