ދިވެހިރާއްޖެ
އިޢުލާން
މަދަރުސާގެ ފެނާއި، ފާޚާނާތަކަށް ދިމާވާ މައްސަލަތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މިމަދަރުސާގެ ފާޚާނާތަކަށާއި ފެނަށް ދިމާވާ މައްސަލަތައް ދިގުމުއްދަތަކަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާގެ 6 ވަނަ ފަންގިފިލާގެ މީޓިންގރޫމަށް (އަމީނިއްޔާގެ ސްކޫލް ކުރިމަތި / ޗާނދަނީމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
22 ފެބުރުވަރީ 2015 (ހޯމަ) ދުވަހުގެ 9:30 އަށް |
24 ފެބުރުވަރީ 2016 (ބުދަ) ދުވަހުގެ 9:30 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3312401 ނަންބަރު ފޯނާއެވެ.
05 ޖުމާދަލްއޫލާ 1437