ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FDC-HR/1/2026/67
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 17 ސެޕްޓެންބަރު 2026 16:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އާކިޓެކްޓް، ޑިޒައިންގ އެންޑް ޑިވޮލޮޕްމަންޓް

ވަޒީފާގެ ފުރުސަތު: އެސިސްޓެންޓް އާކިޓެކްޓް، ޑިޒައިންގ އެންޑް ޑިވޮލޮޕްމަންޓް

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އިޢުލާން ނަންބަރ(IUL)FDC-HR/1/2026/58  ހަވާލާދީ ދަންނަވަމެވެ. މި ކޯޕަރޭޝަނުން ކުރި އިޢުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްސީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.

މަޤާމު

އެސިސްޓެންޓް އާކިޓެކްޓް، ޑިޒައިންގ އެންޑް ޑިވޮލޮޕްމަންޓް

ބޭނުންވާ އަދަދު

1

ކުރިމަތިލުމުގެ  ސުންގަޑި

17 ސެޕްޓެންބަރު 2026 ބުރާސްފަތި ދުވަހުގެ 16:00

 ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.

https://forms.gle/tfjTbA4g8wYXM5qF9

 ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:

  1. ސީވީ 
  2. މުއްދަތު ހަމަނުވާ އައިޑީ ކާރޑް ކޮޕީ
  3. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
  4. ޕޮލިސް ރިޕޯޓް (ހުށަހަޅަންވާނީ 03 މަސް ނުވާ ޕޮލިސް ރިޕޯޓެއް)
  5. ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 16:00 އާ ދެމެދު މި ކޯޕަރޭޝަންގެ ނަންބަރު 7318778 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.

09 ސެޕްޓެންބަރު 2026