ދިވެހިރާއްޖެ
ތ. އަތޮޅު ހޮސްޕިޓަލުގެ ބޭނުމަށް ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، 21 ސެޕްޓެންބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއޮފީހަށް (ތ. އަތޮޅު ހޮސްޕިޓަލް) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީވުން: 16 ސެޕްޓެންބަރ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން
ބިޑް ހުޅުވުން: 21 ސެޕްޓެންބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި
ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލްކޮށް ދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 16 ސެޕްޓެންބަރ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށް ދެއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއެކު މަޢުލޫމާތު ޝީޓް އެޓޭޗް ކުރެވިފައިވާނެއެވެ.