ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: (IUL)262/262/2026/45
ހދ. ނޮޅިވަރަންފަރު ރައްޔިތު ރުއްގަނޑުތައް ވަރުވާއަށް ދިނުމާ ގުޅޭ
ހދ. ނޮޅިވަރަންފަރު ރައްޔިތު ރުއްގަނޑުތައް 1 (އަހަރު ދުވަހުގެ) މުއްދަތަށް ވަރުވާ ދިނުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމާ، ރަޖިސްޓްރީކުރުމުގެ ސުންގަޑި:15 ސެޕްޓެމްބަރ 2026 (އަންގާރަ) 10:00 އަށް
ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.cloud.microsoft/r/JRr0VUBn57
އަންދާސީ ހިސާބު ހުށަހެޅުން: 20 ސެޕްޓެމްބަރ 2026 (އާދީއްތަ) 10:00 އަށް
އަގު ހުށަހަޅާ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަގު ހުށަހަޅާ ފޯމާއެކު ރުއްގަނޑު ވަރުވާއަށް ލިޔުއްވާ ބޭފުޅެއްގެ އައިޑީ ކާޑު ކޮޕީ އޮންނަންވާނީ ސިޓީއުރާގައި ބަންދުކުރެވިފައި، ސިޓީ އުރައިގެ ބޭރުގައި "ރައްޔިތު ރުއްގަޑުތައް ވަރުވާއަށް ނެގުމާ ގުޅޭ" ލިޔުމަށްފަހު އަގު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ވަރުވާ އަށް ދޫކުރާ ރުއްގަނޑު ތަކުގެ ނަންތައް
- މިލިޔަން ރުއްގަނޑު: އައު ކުނިކޮށްޓަށްދާ މަގުގެ ދެކުނުން، ކުނިކޮށީގެ ހުޅަނގުން، އެޑޯން ނާސަރީގެ އިރުންވާ ވަކިވަކި ކުދި ރުއްތައް.
- އުތުރުކޮޅު ރައްޔިތު ރުއްގަނޑު: ރުއްގަނޑު މަގުގެ އުތުރުން (މިލިއަން ރުއްގަނޑު ނުހިމެނޭގޮތަށް) ވާ ރުއްގަނޑު
- ދުނގެތި ރުއްގަނޑު: އަބަދަށްފެހި މަގުގެ ދެކުނުން، ޓްރޭނިންގ ރިސޯޓް ތަރައްޤީކުރުމަށް ދޫކުރި ބިމުގެ އުތުރުންވާ ރުއްތައް
- ބޯޅަދަނދު ހުޅަނގު ރުއްގަނޑު: ކިލެގެފާނު މަގުގެ ދެކުނުން، އަބަދަށްފެހި މަގުގެ އުތުރުންވާ ރުއްތައް
- ލާމިގަހު ހުޅަނގު ރުއްގަނޑު: އަމީނީމަގުގެ ދެކުނުން ގަނޑުވަރު މަގުގެ އުތުރުންވާ ރުއްގަނޑު
- އަބަދައްފެހި މަގުގެ އުތުރުން އަމީނީމަގުގެ ދެކުނަށް ހިމެނޭ، އިރުމަތި ގެތަކުގެ އިރުމަތިންވާ ވަކިވަކި ރުއްތައް:
7 ދުނގެތި ރުއްގަނޑު، އުތުރުކޮޅު ރައްޔިތު ރުއްގަނޑުން ހަފްތާގެ ބުރާސްފަތި، ހުކުރު، ހޮނިހިރު މިތިން ދުވަހު ރުއްދަށަށް ވެއްޓޭކާށި، އާއްމުން ގޭގައި ކާންބޭނުންކުރާވަރަށް ހޮވުމަށް ވަދެވޭނެއެވެ.
25 ރަބީޢުލްއައްވަލް 1448
07 ސެޕްޓެމްބަރ 2026