ނީލަން
ނަންބަރު: MTCC-TD/IU/2026/0513
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 17:24
ސުންގަޑި: 30 ސެޕްޓެންބަރު 2026 23:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ބަސްތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުން:

މިކުންފުނީގައި ބޭނުންކޮށްފައިވާ ބައުވެ ހަލާކުވެފައިވާ ބަސްތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް 5 އޮގަސްޓް 2026 ގައި ކުރެވުނު އިޢުލާން ނަންބަރު  MTCC-TD/IU/2026/0444އާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ މިބަސްތަކުގެ އަގު ދައްކޮށް އަލުން ނީލަން ކިޔުމަށްވަނީ ނިންމާފައެވެ. ސިޓީލާ ނީލަން ފެށުމަށް ހަމަޖެހިފައިވަނީ 9 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުއެވެ. ނީލަމަށް އަގު ހުށަހެޅުމަށް ސިޓީ ފޮނުއްވާނީ އެމްޓީސީސީ ޓްރޭޑިންގ ޑިވިޜަން ހެންވޭރު ސޯމިލް  (ބޮޑުތަކުރުފާނު މަގު) އަށެވެ.

 

ނީލަން ނަމްބަރ

ނަން

މުދަލުގެ ފެންވަރު

ތަކެތި ހުރިތަން

ނީލަން ފެށޭއަގު

އިތުރުކުރެވޭއަގު މަދުވެގެން

S-2026/05

ވޯލްވޯ ބަސް

ހަލާކުވެފައި

ހުޅުމާލެ އެމްޓީސީސީ ކޭލާ ގިމަތަ

15,000.00ރ

2,000.00ރ

S-2026/06

ވޯލްވޯ ބަސް

ހަލާކުވެފައި

ހުޅުމާލެ އެމްޓީސީސީ ފެރީ ޓާމިނަލް

15,000.00ރ

2,000.00ރ

S-2026/07

މޭން ބަސް

ހަލާކުވެފައި

ހުޅުމާލެ އެމްޓީސީސީ ފެރީ ޓާމިނަލް

15,000.00ރ

2,000.00ރ

S-2026/08

މޭން ބަސް

ހަލާކުވެފައި

ހުޅުމާލެ އެމްޓީސީސީ ފެރީ ޓާމިނަލް

15,000.00ރ

2,000.00ރ

S-2026/09

އަޝޯކް ލޭލޭންޑް

ހަލާކުވެފައި

ލ.ގަން މުކުރިމަގު އެމްޓީސީސީ އޮފީސް

15,000.00ރ

2,000.00ރ

S-2026/10

އަޝޯކް ލޭލޭންޑް

ހަލާކުވެފައި

ލ.ގަން މުކުރިމަގު އެމްޓީސީސީ އޮފީސް

15,000.00ރ

2,000.00ރ

S-2026/11

އަޝޯކް ލޭލޭންޑް

ހަލާކުވެފައި

ލ.ގަން މުކުރިމަގު އެމްޓީސީސީ އޮފީސް

15,000.00ރ

2,000.00ރ

S-2026/12

އަޝޯކް ލޭލޭންޑް

ހަލާކުވެފައި

ސ.ހުޅުމީދޫ އެމްޓީސީސީ ފެރީ ޓާމިނަލް

15,000.00ރ

2,000.00ރ

S-2026/13

އަޝޯކް ލޭލޭންޑް

ހަލާކުވެފައި

ސ.ފޭދޫ އެމްޓީސީސީ ފެރީ ޓާމިނަލް

15,000.00ރ

2,000.00ރ

 

ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 10,000/- ރ (ދިހަހާސް ރުފިޔާ) އެމްޓީސީސީގެ ބެންކް އެކައުންޓް ނަންބަރ 001-100668-7717 އަށް ޖަމާކުރަން ވާނެއެވެ. ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މެންދުރު 12:00 ގެ ފަހުން މިޑިވިޜަންގެ ނޯޓިސްބޯޑުން ފެންނަން ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެއެވެ. އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް އެމްޓީސީސީ ހޮޓްލައިން ނަންބަރު 1650 ށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި ނީލަމާއި ގުޅުންހުރި އިތުރު މަޢުލޫމާތު މިކުންފުނީގެ އޮކްޝަން ނޯޓިސް ބޯޑުން ފެންނަން ހުންނާނެއެވެ.

08 ސެޕްޓެންބަރު 2026