މަސައްކަތް
ނަންބަރު: (IUL)258/258/2026/70
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 27 ސެޕްޓެންބަރު 2026 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ވޮލީ ކޯޓެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ނަންބަރު: 258/258/2026/70(IUL)                            

އިޢުލާން

      

ހަނިމާދޫ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ވޮލީ ކޯޓެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުންތަކާއި އެއްގޮތަށް ހަނިމާދޫގައި ވޮލީ ކޯޓެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން 12 އޮގަސްޓް 2026 ވަނަ ދުވަހު ކުރެވުނު ނަމްބަރ (IUL)258/258/2026/67 އިޢުލާނާއި ގުޅިގެން ރަޖިސްޓްރީވި ފަރާތްތަކަށް ފޯރުކޮށްދެވުނު ބީލަން ފޮތުގައި ކުށެއް ފާހަގަކުރެވިފައިވާތީ، އެއިޢުލާން ބާޠިލްކޮށް، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް ތިރީގައިވާ ލިންކް ބޭނުން  ކުރެއްވުން އެދެމެވެ.

 

ލިންކް: (IUL)258/258/2026/70 - Volley Court – Fill in form

 

ތަފްސީލް

ތާރީޚް

ގަޑި / ތަން

ބީލަމުގައި ރަޖިސްޓްރީވުން/ މަޢުލޫމާތު ސާފުކުރުން

2026 ސެޕްޓެމްބަރ 08 އިން

2026 ސެޕްޓެމްބަރ 15 ނިޔަލަށް

2026 ސެޕްޓެމްބަރ 15 ވާ (އަންގާރަ) ދުވަހުގެ ހެނދުނު 11:00 ގެ ކުރިން / އޮންލައިންކޮށް

އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން

2026 ސެޕްޓެމްބަރ 27 (އާދީއްތަ)

ހެނދުނު 11:00 / ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމުގައި

                                                

  1. ބީލަމުގައި ރަޖިސްޓްރީވާން ހުޅުވާލި މުއްދަތު ހަމަވުމުން، ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
  2. ބީލަމުގައި ބައިވެރިވުން:  ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

    ފޯން: 4002064

    އީމެއިލް:  [email protected]

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                 26 ރަބީޢުލްއައްވަލް 1448

                 08 ސެޕްޓެމްބަރ 2026           

08 ސެޕްޓެންބަރު 2026