ވަޒީފާގެ ފުރުޞަތު
ނަންބަރު: GS62/I/2016/08
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 24 ފެބުރުވަރީ 2016 13:30
މަރަދޫ ސްކޫލް
ދިވެހިރާއްޖެ
ކައުންސެލަރ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކައުންސެލަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ސްކޫލުގެ ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ބަލަހައްޓައި ނަސޭހަތްދިނުން.

- އެކިއެކި މައްސަލަތައް ދިމާވާ ކުދިންގެ ބެލެނިވެރިންނާ ގުޅައި، އެ މައްސަލަތައް ވީހާވެސް އަމާންކޮށް އޮމާންކޮށް ޙައްލުކުރުން.

- ސްކޫލުގައި ކިޔަވާ ދަރިވަރުންނަކީ މުސްތަޤްބަލާ ދޭތެރޭ މާބޮޑު ވިސްނުމެއް ނުވިސްނާ ބަޔަކަށްވާތީ، ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ޕްރޮގްރާމް ހިންގުން.

- ދޭދޭ ދަރިވަރުންގެ މެދުގައި އުފެދޭ ހަމަނުޖެހުންތަކާއި ގޯނާއިން ދަރިވަރުން ސަލާމަތްކުރުން.

- ސްކޫލުގެ މާޙައުލަކީ ރައްކާތެރި މާޙައުލަކަށް ހެދުމަށް ސްކޫލުގެ މެނޭޖްމަންޓަށް އެހީތެރިވުން.

- ކުދިންގެ ހިތްތަކުގައި އާންމު ޚިދުމަތުގެ ރޫޙޫ އާލާކޮށް، މުޖުތަމަޢުގައި ތިބޭ ކަންކަމަށް ބޭނުންޖެހިފައިވާ މީހުންގެ އިޙުސާސްތައް ދެނެގަނެ، އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިތްވަރުދިނުން.

 

 

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަސައްކަތް ކުރަންޖެހޭ އޮފީސް:

މަރަދޫ ސްކޫލް / ސ. މަރަދޫ

 

ވަޒިފާއަށް ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

 

އިންޓަވިއު ކުރުން:

- އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ،  އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ހަފްތާގެ ތެރޭގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ.  އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

 

 

 

 

ޝަރުޠު ހަމަވާ ފަރާތްތައް ހުށަހަޅަންޖެހޭ ތަކެތި:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި  ސްކޫލުގެ  އޮފީހުން ލިބެން ހުންނާނެއެވެ. އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ  ވެބްސައިޓް www.csc.gov.mv  އިން  މި  ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުން، 2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13.30 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މަރަދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6890941 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

7 ޖުމާދަލްއޫލާ 1437

16 ފެބުރުވަރީ 2016