ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)351/351/2026/48
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 18 ސެޕްޓެންބަރު 2026 00:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޗާލު ދިވެހިރާއްޖެ އެވޯޑަށް ތައްޔާރުވުމުގެ ގޮތުން ރަށުތެރެއާއި، ބަނދަރު ސަރަހައްދާއި ވަކިން ޚާއްސަކޮށް ރަށުގެ އަތިރިމަތީގައި ހުރި އަމިއްލަފަރާތްތަކުގެ އެންމެހައި ތަކެތި ނަގައި ސާފުކުރުމާއިބެހޭ:

މިރަށުގެ އެންމެރީތި ގޮނޑުދޮށްތަކާއި، މޫދާއި، ހޭޅިފަށާއި، ރަށުތެރެއާއި އަދި ބަނދަރު ސަރަހައްދުގައިހުރި އަމިއްލަ ފަރާތްތަކުގެ އެންމެހައި ތަކެތި ނަގައި މުޅިރަށް ސާފުކުރުމަށް ބޭނުންވެއެވެ. އެހެންކަމުން މަތީގައި ބަޔާންކުރެވިފައިވާ ސަރަހައްދުތަކަށް ދޫކޮށްލާފައިހުރި އަމިއްލަފަރާތްތަކުގެ އެންމެހައި ތަކެތި 18 ސެޕްޓެންބަރު 2026 ވާ ހުކުރު ދުވަހުގެ ނިޔަލަށް ނަގާ ސާފުކޮށްދެއްވުންއެދި ދަންނަވަމެވެ. މިކަމަކީ ރަށުގެ ރީތިކަން ދެމެހެއްޓުމަށާއި ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް މިރަށުގެ ހިތްގައިމު ގުދުރަތީ ވެށީގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ މުހިންމުކަމަކަށްވާތީ، އޮޑިވެރިންނާއި، ރަށުގެ އާންމު ރައްޔިތުންނާއި، ރަށުގައި ދިރިއުޅޭ ކުދިބޮޑު އެންމެހައި ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށްބޮޑަށް ބޭނުންވާކަމެއްކަމުގައި ދަންނަވަމެވެ.

            މިފަދަކަންކަމުގައި އޮޑިވެރިންނާއި، އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކާއި، ވިޔަފާރިވެރިންނާއި، އަދި ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުންގެ ފަރާތުން ރަށުގެ ކަންކަންކުރުމަށް ދެއްވަވާ އެއްބާރުލުން ފާހަގަކޮށް، އެކަމަށްޓަކައި ޝުކުރު ދަންނަވަމެވެ.

ވީމާ، މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ރަބީޢުލްއައްވަލް 1448

08 ސެޕްޓެންބަރު 2026

08 ސެޕްޓެންބަރު 2026