ދިވެހިރާއްޖެ
ނަންބަރު: (IUL)253-OU-08275/253/2026/35
މަގުބައްތިތަކުގެ އަލި ނިވައިވާގޮތަށް ހުރި ރުއްގަހުގެ ގޮފިތައް ކޮށުމާއި، ގޯތިވަށައިގެންވާ މަގުމަތީ ވިނަތައް ނޮޅައި ސާފުކުރުމާ ގުޅޭ
މި ރަށުގެ ބައެއް ސަރަޙައްދުތަކުގައި ހުރި ގޯތިތަކުން، މަގުމައްޗަށް 12 ފޫޓަށްވުރެ ތިރިއަށް ވާގޮތަށް ރުއްގަހުގެ ގޮފިތައް ފައިބާފައި ހުރުމުގެ ސަބަބުން، މަގުބައްތިތަކުގެ އަލި އެދެވޭ ގޮތުގައި މަގުތަކަށް ނުލިބޭކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ބަންޑާރަ ގޯތިތަކުގެ ވަށައިގެންވާ މަގުތަކުގައި ވިނަފަޅައި، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާ މިންވަރަށް ހަނޑިވެފައިވާކަން ވެސް މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.
ވީމާ، މަގުބައްތިތަކުގެ އައްޔަށް ހުރަސްއެޅޭ ގޮތަށް ހުރި ރުއްގަހުގެ ގޮފިތައް ކޮށައި، ގޯތިތަކުގެ ވަށައިގެންވާ މަގުމަތީގެ ސަރަޙައްދުތައް 28 ސެޕްޓެންބަރު 2026 ގެ ކުރިން ވިނަނޮޅައި ސާފުކޮށްދެއްވުން އެދި ދެންނެވީމެވެ.
ވީމާ،މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
26 ރަބީޢުލްއައްވަލް 1448
08 ސެޕްޓެންބަރު 2026